ހިތަދޫ ކުނިކޮށީގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމަށް ހުރިހާ އިދާރާއެއް ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކޮށްފިއެވެ.
މިމަހުގެ 10 ވަނަ ދުވަހު ހަވީރު ހިތަދޫ ކުނިކޮށީގައި ރޯވި އަލިފާންގަނޑު އަދިވެ އެއްކޮށް ނިއްވާ ނުލެވެއެވެ. އަލިފާނގަނޑު ފެތުރުން ކޮންޓްރޯލް ކޮށްފައިވާއިރު ކުނި ފުނީގެ އެތެރޭގައި އަލިފާން ހިފާވުމުން އަދިވެސް އެކި ދިމާ ދިމާލުން އަލިފާން އެބަހުއްޓެވެ. އަދި މި ސަރަހައްދަށް ދުންގަނޑު ފެތުރުމާއި ގުޅިގެން ކުނިކޮށިއާއި އިންވެގެން އޮތް ލިންކް ރޯޑު ހުރަސް ކުރުމަށް ވަނީ ދަތިވެފައެވެ.
އައްޑޫސިޓީ ކައުންސިލް، އެމް.އެން.ޑީ.އެފް، މޯލްޑިވްސް ޕޮލިސް ސާވިސް، ވެމްކޯ، ގަން އިންޓާނޭޝަނަލް އެއާޕޯޓް، އެމް.ޓީ.ސީ.ސީ އަދި އެފްކޮންސް އާއި ދެމެދު މިއަދު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން. މިބައްދަލުވުމުގައި އައްޑޫސިޓީ ހިތަދޫ ކުނިކޮށީގައި ހިގަމުންދާ އަލިފާނުގެ ހާދިސާ އާއި
1/3 pic.twitter.com/k0DeBodPNs— Addu City Council (@AdduCityCouncil) April 12, 2023
މިކަން ހައްލު ކުރުމަށް މޯލްޑިވިސް ނޭޝަނަލް ޑިފެންސް ފޯސްއާއި، މޯލްޑިވް ޕޮލިސް ސާވިސް، އައްޑޫސިޓީ ކައުންސިލް، ގަން އިންޓަނޭޝަނަލް އެއާޕޯޓް، ވެމްކޯ އަދި އައްޑޫގެ މަގު ހެދުމުގެ މަސައްކަތް ކުރަމުންދާ އެފްކޮންސް ކުންފުނިއާއި އެކު މިއަދު ސިޓީ ކައުންސިލުގައި ވަނީ މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގޮސްފައެވެ. މި ބައްދަލުވުމުގައި އަލިފާން ނިއްވުމަށް ކުރެވޭ މަސައްކަތާއި ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ.
މީގެ އިތުރުން އަލިފާން ނިއްވުމަށް އިތުރު ޕްލޭންތަކެއް އެކުލަވާލެވި ހުރިހާ މުއައްސަސާއެއް ގުޅިގެން މަސައްކަތް ކުރުމަށް މި ބައްދަލުވުމުގައި ވަނީ ނިންމާފައެވެ. މިގޮތުން އެކުލަވާލެވުނު ޕްލޭންތަކަށް އަމަލު ކުރުމަށް މިހާރު ފެށިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ،
ވުޒާރާތަކެއް ގުޅިގެން އިތުރު ވަސީލަތްތަކާއި އެކު އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކުރުމަށް ވަނީ ފެށިފައި.
3/3— Addu City Council (@AdduCityCouncil) April 12, 2023
އަލިފާން ނިއްވުމުގެ މަސައްކަތާއި ގުޅޭގޮތުން ވެމްކޯގެ ދެކުނު ރީޖަން މެނޭޖަރ ޝާފިއު ޖަމީލް ވިދާޅުވީ، ހޯމަ ދުވަހުގެ ދަންވަރު 4:30 އެހައްހާއިރު ނިއްވުމުގެ މަސައްކަތް ފެތުރުން ކޮންޓްރޯލް ވުމުން ސްކޭލް ޑައުން ކުރެވިފައިވާ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަނީ އެކްކެވޭޓަރެއްގެ އެހީގައި ކުނިފުނިތައް ވަކިކޮށް އަލިފާން ވީހާވެސް އަވަހަށް ނިއްވުމުގެ މަސައްކަތް ކަމަށެވެ.
އައްޑޫސިޓީ ކައުންސިލުން ވަނީ ދުމުގެ އަސަރު މި ސަރަހައްދަށް ކުރަމުންދާތީވެ، މި ސަރަހައްދުން ސައިކަލުގައި ދާ ފަރާތްތަކުން މާސްކް ބޭނުން ކުރުމަށާއި، ކޮންމެހެން ކުރަން ނުޖެހޭ ދަތުރުތައް މަޑު ޖައްސާލުމަށް އިލްތިމާސްކޮށްފައެވެ.