ހަންކެޑެ ޕްރޮޖެކްޓާ އެކު އައްޑޫ ސިޓީ މުޅިން އައު ރީޖަނަކަށް ވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އިންޓަގްރޭޓް ޓޫރިޒަމްގެ ދަށުން ތަރައްގީކުރާ އެ ޕްރޮޖެކްޓް މިދިޔަ މަހު ވަނީ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އާ ހަވާލުކޮށްފަ އެވެ. ހަންކެޑެ އަކީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ކޮމްޕެނީ (އެމްއެމްސީ) ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
Today we signed the EPC contract for Hankede Integrated Tourism Development Project between Maldives Fund Management Corporation (MFMC) and China National Electrical Engineering Company (CNEEC).
(1/2) pic.twitter.com/fKal2KHV8N
— Maldives Fund Management Corporation (@mfmc_mv) March 30, 2023
ރޭ "ރާއްޖެ ޓީވީ" ގައި ވާހަކަދައްކަމުން ޑރ.ސޯލިހު ވިދާޅުވީ ހަންކެޑެ ޕްރޮޖެކްޓަކީ އައްޑޫގެ ފަތުރުވެރިކަން މުޅިން ބަދަލުކޮށްލާނެ ޕްރޮޖެކްޓެއް ކަމަށާއި ހަންކެޑެ ތަރައްގީ ކުރެވިއްޖެ ނަމަ އައްޑޫ ވެގެންދާނީ މުޅިން އައު ރީޖަނަކަށް ކަމަށެވެ. އައްޑޫއަށް ދަތުރުކުރާ ފަތުރުވެރިން މިހާރު މަދުވާ އެއް ސަބަބަކީ އެއާޕޯޓުގެ ދަތިކަން ކަމަށާއި ނަމަވެސް މިހާރު ކުރިއަށްދާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ނިމުމުން އެކަމަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.
"ހަންކެޑެ ޕްރޮޖެކްޓާއެކު އެއާޕޯޓު މަސައްކަތް ކުރިއަށް އެދަނީ. މި ދޭއްތި އެއްކޮށް ނިމިއްޖެއްޔާ އައްޑޫ އެކަންޏެއް ނޫން މުޅި ރާއްޖޭގެ ފަތުރުވެރިކަން އެހެން ލެވެލަކަށް ގެންދެވޭނެ." ސޯލިހު ވިދާޅުވި އެވެ.
Introducing the Hankede Integrated Tourism Project. A project that will revitalize Addu City and enhance the tourism experience. An opportunity for Addu citizens to benefit from integrated tourism through more jobs, and by creating a favourable environment for SMEs to thrive. pic.twitter.com/glRxXsVRQL
— Maldives Fund Management Corporation (@mfmc_mv) January 27, 2023
ހަންކެޑެ މަޝްރޫއަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ތަފާތު ކޮންސެޕްޓެއް ކަމަށާއި އެގޮތުން މި ޕްރޮޖެކްޓުގެ ތެރެއިން ރިއަލް ސްޓޭޓް ޓޫރިޒަމަށް ވެސް ފުރުސަތު ހުޅުވިގެންދާ ކަމަށް ސޯލިހު ވިދާޅުވި އެވެ.
"ބޭރު މީހުންނަށް ވެސް ދިވެހިންނަށް ވެސް އެތަނުން އެޕާޓްމެންޓްތަކާ ވިލާތައް ގެނެވޭނެ. ތީމް ޕާކު އެބައާދޭ. އާއްމުންނަށް ބޭނުން ކުރެވޭ ގޮތަށް. އެއްވެސް ރިސޯޓެއްގަ މިގޮތަށް ހިދުމަތް ދީފައެއް ނުހުންނާނެ. ހޮޓަލާ، ރިސޯޓާ، ވިލާ، އެޕާޓްމެންޓްތައް އެއްކޮށްލާފަ. އެއީ ތަފާތަކީ." އޭނާ ވިދާޅުވި އެވެ.
ހަންކެޑެ ތަރައްގީ ކުރަނީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.
މި ޕްރޮޖެކްޓްގައި ޖުމްލަ 1،041 ކޮޓަރި ހިމެނެ އެވެ. ލިންކް ރޯޑުން މަރަދުއާ ގުޅިފައި އޮންނަ ހަންކެޑެ އަކީ ރިއަލް ސްޓޭޓް ޓޫރިޒަމަށް ސަރުކާރުން ހަމަޖައްސާފައިވާ ތަނެކެވެ. އެގޮތަށް ނިންމީ ޑިސެމްބަރު 2، 2021 ގަ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި މިހާރު އަމާޒަކީ ހަންކެޑެއާ އެކީ އައްޑޫގެ ބެޑް ކެޕޭސިޓީ 6،000 އަށް އިތުރުކުރުމެވެ.