ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓު ގުނަން ފަށާނީ ރޯދަ ވީއްލައިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓު ގުނަން ފަށާނީ ރޯދަ ވީއްލުމަށްފަހު ކަމަށާއި ގުނަން ފަށާ ގަޑި ވޯޓު ފޮށި ބަހައްޓާފައިވާ މަރުކަޒުތަކުން އިއުލާން ކުރާނެ ކަމަށެވެ.
މި އިންތިހާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8 ޖެހިއިރު އެވެ. މޫސުން ގޯސްވުމުގެ ސަބަބުން ވޯޓުލާން ދިޔުމަށް ދަތިވެފައިވާތީ، ވޯޓުލުމުގެ ވަގުތު ހަވީރު 5 އަށް އިތުރުކުރިއިރު ވޯޓުލައި ނިމުނުއިރު ވޯޓުލުމަށް ރެޖިސްޓާ ކޮށްފައިވާ މީހުންގެ ތެރެއިން 80 އިންސައްތަ މީހުން ވަނީ ވޯޓުލައިފަ އެވެ.
ގުރައިދޫ ދާއިރާ އަކީ 3 ރަށް ހިމެނޭ ދާއިރާއެކެވެ. އެއީ ގުރައިދު އާއި މާފުށީގެ އިތުރުން ގުޅި އެވެ. މި ދާއިރާގެ ވޯޓްލުން ކުރިއަށް ދަނި އެ ރަށްކުގެ އިތުރުން އިތުރުން މާލޭގަ އެވެ.
މި ބައި-އިލެކްޝަނަށް ބަހައްޓާފައި ބަނީ ޖުމްލަ ހަ ވޯޓު ފޮއްޓެވެ. މި އިންތިހާބުގައި 3423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. އެއީ ގުރައިދޫން 1394 މީހުންނާއި މާފުށިން 1366 މީހުންނާއި ގުޅިން 663 މީހުންނެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ތިން ޕާޓީއަކުން ވާދަކުރެއެވެ. އެގޮތުން މި އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރަނީ ޙުސައިން ރިޒާ އެވެ. އޭނަ އަކީ ގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ރިޒާގެ ކޮއްކޮ އެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ޖެހުނީ ޕީޕީއެމަށް ނިސްބަތްވި ރިޒާ ފެބްރުއަރީ މަހު އަވަހާރަވުމާ ގުޅިގެންނެވެ.
ބައި އިލެކްޝަންގައި އެމްޑީޕީން އިބްރާޙިމް ޝާޒް ވާދަކުރައްވާ އިރު، އެމްއެންޕީގެ ކެންޑިޑޭޓަކީ އަލީ އާރިފެވެ.