ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓު ގުނުމުގެ މަސައްކަތް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަންގެ ވޯޓުލުން ހެނދުނު 08:00 އިން ހަވީރު 05:00 އަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެ އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް ފަށާނީ ރޯދަ ވީއްލުމަށްފަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާއިރު، މިހާރު ވަނީ ވޯޓު ގުނުމުގެ މަސައްކަތް ފަށާފައެވެ.
މި އިންތިހާބުގައި 3423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު ވޯޓު ލާފައިވަނީ 2755 މީހުންނެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ޖުމުލަ ހަ ވޯޓު ފޮޓުފޮށި ބަހައްޓާފައިވެއެވެ. އެއީ ގުޅީގައި އެއް ވޯޓު ފޮށި، މާފުށީގައި ދެ ވޯޓުފޮށި، ގުރައިދޫގައި ދެ ވޯޓު ފޮށި އަދި މާލޭގައި ހުރި ވޯޓު ފޮއްޓެވެ.
ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. މި އިންތިހާބުގައި ވާދަކުރަނީ ތިން ކެންޑިޑޭޓުންނެވެ. އެގޮތުން ކެންޑިޑޭޓް ނަމްބަރު އެކެއް ލިބުނީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ އެދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ރިޒާގެ ކޮއްކޮ، ޙުސައިން ރިޒާ އަށެވެ. ކެންޑިޑޭޓް ނަމްބަރު ދޭއް ލިބުނީ އެމްޑީޕީގެ ޓިކެޓުގައި ވާކުރާ އިބްރާހީމް ޝާޒް އަށް ކަމަށްވާއިރު ކެންޑިޑޭޓް ނަމްބަރު ތިނެއް ލިބުނީ އެމްއެންޕީން ވާދަކުރާ އަލީ އާރިފަށެވެ.