Last Updated: November 26, 15:16
Tuesday, November 26, 2024
މުނިފޫހިފިލުވުން

އިމްރާނަކީ "ރާޖާ ނަޓްވަރުލާލް"

ބޮލީވުޑްގައި ސީރިއަލް ކިސާގެ ނަމުން މަޝްހޫރުވެފައިވާ އިމްރާން ހާޝިމީ އޭނާގެ އާ ފިލްމުން "ރާޖާ ނަޓްވަރްލާލް" ގެ ގޮތުގައި ބެލުންތެރިންނާ ބައްދަލު ކުރަން ތައްޔާރުވެއްޖެ އެވެ.

މި ފިލްމަކީ މިދިޔަ އަހަރު ރިލީޒްވި "ގަންޗައްކަރު" އަށް ފަހު އިމްރާންގެ ފިލްމެއް ބެލުންތެރިންނާ ހަމައަށް އަންނަ ފުރަތަމަ ފަހަރެވެ.

"ގަންޗައްރު" އަކީ ބެލުންތެރިންނަށް އެހާ ކަމުދާ ފިލްމަށް ނުވި އެވެ.

އެހެންވެ އިމްރާން ވަނީ އާ ފިލްމް "ރާޖާ ނަޓްވަރްލާލް" ބެލުންތެރިންނަށް ބަލާނެ ފިލްމަކަށް ހެދުމަށް، ފިލްމުގެ ޕްރޮމޯޓް ކުރުމުގެ މަސައްކަތްތައް މިހާރު ވަރަށް ބާރަށް ހިންގަމުންނެވެ.

rajanatwarlal-story_650x500_071814013241

ކޮން މޭންއެއްގެ ރޯލުން އިމްރާން ފެނިގެންދާ "ރާޖާ ނަޓްވަރްލާލް" ގެ ބަތަލާއަކީ ބޮލީވުޑަށް އަލަށް ތައާރަފްވާ ޕާކިސްތާނުގެ ބަތަލާ ހުމައިމާ މާލިކެވެ.

މި ފިލްމް ޑައިރެކްޓްކޮށްފައި ވަނީ މީގެ ކުރިން އިމްރާން ހިމަނައިގެން ތިން ފިލްމެއް ގެނެސް ދިން ކުނާލް ދޭޝްމުކެވެ.

އެއީ "ޖައްނަތު" އާއި "ޖައްނަތު 2" އަދި "ތުމް މިލޭ" އެވެ.

"ރާޖާ ނަޓްވަރްލާލް" ސިނަމާތަކަށް އަންނާނީ އޮގަސްޓް މަހުގެ 29 ގަ އެވެ.

ޔޫޓީވީ މޯޝަން ޕިކްޗާސް އިން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ މުހިއްމު ރޯލްތަކުން ޕަރޭޝް ރާވަލް އާއި ކޭކޭ މެނަން ވެސް ފެނިގެން ދާނެ އެވެ.