ވިޔަފާރީގެ ގޮތުގައި ފޯރުކޮށްދޭ ނުވަތަ ވިއްކާ ޕްލާސްޓިކް ކޮންމެ ކޮތަޅަކުން 2ރ. ނަގަން ފަށައިފި އެވެ.
އެގޮތަށް އަމަލުކުރަން ފެށީ ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފެށުމާ އެކީގައި ރޭ ދަންވަރު 12:00 އިން ފެށިގެންނެވެ.
ފިހާރަތަކުން ޕްލާސްޓިކް ކޮތަޅަށް ނަގާ ފީ މީރާ އަށް ދައްކަން ޖެހޭނީ ޖީއެސްޓީ ހުށަހަޅާ އިރު އެއާ އެކީގަ އެވެ. މި ޓެކްސް ނުނަގައި ޕްލާސްޓިކް ކޮތަޅެއް ދީފި ނަމަ، 5،000ރ. އާއި 50،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
އެކަމަކު މި ފީ އިސްތިސްނާވާ ވިޔަފާރިތަކެއް ވެސް ހިމެނެ އެވެ.
Every business activity operating in the Maldives must charge MVR 2 (two) as Plastic Bag Fee for each plastic bag sold or provided free of charge to customers at the point of sale, beginning from 18 April 2023.
For more Information:https://t.co/fLHs9MRd2vhttps://t.co/bceblPxn8L pic.twitter.com/ne0cJmCGvf— Maldives Inland Revenue Authority (@MIRAmaldives) April 17, 2023
އޭގެ ތެރޭގައި ހިމެނެނީ ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮތަޅާއި ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް ބަންދުކުރާ ކޮތަޅުގެ އިތުރުން ކުނި މެނޭޖުކުރުމުގެ ހިދުމަތް ދޭ ފަރާތްތަކުން ނުވަތަ ކަމާ ބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ދޫކުރާ ނުވަތަ ވިއްކާ ޑަސްބިން ކޮތަޅެވެ.
ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގާނެ ގޮތުގެ މައުލޫމާތު ދިނުމަށް ބާއްވާ އޮންލައިން ސެޝަނެއް މާދަމަ އާއި ބުރާސްފަތި ދުވަހު މީރާއިން ބާއްވާނެ އެވެ. އެ ދެ ދުވަހު ވެސްމެންދުރު ފަހު 1:00-1:30 އަށް ބާއްވާ އޮންލައިން ސެޝަންގައި ބައިވެރިވުމުގެ ފުރުސަތު އޮތީ ހުޅުވާލައިފަ އެވެ.