މިސްރުގައި ބޭއްވި 29 ވަނަ "އިންޓަނޭޝަނަލް ކޮންޓެސްޓް ފޯ ރިސައިޓާސް އޮފް ދަ ހޯލީ ޤުރުއާން" އިން ރާއްޖެ އިން ބައިވެރިވި އިސްކަންދަރު ސްކޫލްގެ ދަރިވަރު ފާތިމަތު ޝާޔާ ޒާހިރު, އެ މުބާރާތުން ދެވަނަ ހޯދައިފި އެވެ.
ޝާޔާ ދެވަނަ ހޯދީ އެ މުބާރާތުގެ ނުބަލާ ކިޔެވުމުގެ ގޮފިންނެވެ. އެ މުބާރާތުން ޝާޔާ ދެވަނަ ހޯދީ 58 ގައުމެއްގެ ބައިވެރިންނާ ވާދަކޮށެވެ. އޭނަ އަށް އިނާމު ހަވާލުކޮށްދެއްވީ މިސްރުގެ ރައީސްް އަބްދުލްފައްތާޙް އަލްސީސީ އެވެ.
މިސްރުގައި ބޭއްވުނު 29 ވަނަ އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރުއާން މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން ފަޚްރުވެރި 2 ވަނަ ރާއްޖެއަށް ހޯދައިދިން ބައިވެރިޔާ ފާތިމަތު ޝަޔާ ޒާހިރަށް މިސްރުގެ ރައީސް އިނާމް ހަވާލުކުރެއްވި ރަސްމިއްޔާތު@MoEdumv pic.twitter.com/7oSXMurUrq
— Iskandhar School (@Iskandhar_MV) April 19, 2023
ޝާޔާ ހޯދި ކާމިޔާބީ ފާހަގަކުރައްވައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް މަރުޙަބާ ވިދާޅުވެފައިބެ އެވެ. މިނިސްޓަރު ވިދާޅުވީ ޝާޔާ ހޯދި ކާމިޔާބީއަކީ މުޅި ރާއްޖެ ފަޚުރުވެރިވާ ކާމިޔާބީއެއް ކަމަށެވެ.
މިޞްރުގައި ބޭއްވުނު ކީރިތި ޤުރުއާން ކިޔެވުމުގެ 29 ވަނަ ބައިނަލްއަޤްވާމީ މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން ފަޚުރުވެރި 2 ވަނަ ހޯދައި މިޞްރުގެ ރައީސް އަބްދުލް ފައްތާޙް އަލް-ސީސީގެ އަތްޕުޅުން އިނާމް ޙާސިލްކޮށް މުޅި ރާއްޖެއަށް ތިޔަހޯދައިދިން ރީތި ނަމަށްޓަކައި ފާތިމަތު ޝަޔާ ޒާހިރަށް…
— Abdulla Shahid (@abdulla_shahid) April 20, 2023
މިސްރުގެ މުބާރާތުގައި ޖުމްލަ 58 ގައުމަކުން 100 އަށް ވުރެ ގިނަ ކުދިން ވާދަކުރި އެވެ.