ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރެކެވެ. މި ދުވަސްވަރަކީ ކަރަންޓު ބިލުތައް އަނގަހިއްކުން އިތުރު ވުމުގެ އިތުރު ސިއްޙީގޮތުންވެސް ބައެއް މައްސަލަ ދިމާވުން އެކަަށީގެންވާ ދުވަސްވަރެކެވެ. ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ފާހަގަކުރި ގޮތުގައި މިއަދަކީ އެންމެ ހޫނުގަދަ އެއް ދުވަހެވެ.
އެގޮތުން އިހުސާސް ކުރެވޭ ހޫނުމިނާއި، ފިނިހޫނުމިނަށް ބަލާއިރުވެސް އެހެން ދުވަސްތަކާއި ހިލާފަށް ހޫނު ގަދައެވެ. އާންމުކޮށް ފިނިހޫނުމިނޭ މިބުނާ ނުވަތަ އެއަރ ޓެމްޕެރޭޗަރ ކަމަށް މި ބުނާ ހޫނުމިނަކީމެޓް އޮފީހުން ބަހައްޓާފައި ހުންނަ އާލާތްތަކުން ރެކޯޑު ކުރާ ފިނިހޫނުމިނެވެ. މިއާއި އިހުސާސް ކުރެވޭ ފިނިހޫނުމިން ނުވަތަ ފީލްސް ލައިކް ޓެމްޕެރޭޗަރ އާއި ތަފާތެވެ. އިހުސާސް ކުރެވޭ ފިނިހޫނުމިން އެ ސަރަހައްދުގައި ހުރި ފިނި ހޫނުކަމަށް ވުރެ ބޮޑުވެއެވެ. މި އަކީ ވަށައިގެންވާ މާހައުލުގެ ފިނި ހޫނުމިނާއި ވައިގެ ބާރުމިނާއި ވައިގެ ތެތްކަން ހުރި މިނަށް ބަލައިއެވެ. މިއީ އިންސާނާގެ ހަށިގަނޑަށް ހޫނުމިން އިހުސާސު ކުރެވޭނެ މިންވަރު ކަމަށް ލާފާ ކުރާ އަދަދެކެވެ.
MMS publicizes temperature across five stations every day at 1100, 1400, and 1700hrs on the MMS Viber group. Generally, the maximum temperature of the day occurs around 1400hrs. @HPA_MV pic.twitter.com/m2nDqKsZpj
— Maldives Meteorology (@MetMaldives) April 22, 2023
ރާއްޖޭ ބޮޑު ބަޔަކަށް ހޫނު ދުވަހެއް
މިނިސްޓްރީ އޮފް އެންވަރޮމެންޓް ވަނީ މި އެޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނު ގަދަ މަސް ކަމަށް ބުނެފައެވެ. އެގޮތުން ހޫނުގަދަވާން ދިމާވާ ސަބަބަކީ މި ދުވަސްވަރު ވައި މަޑުވުމާއި، އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނު މިނަށް ވުރެ އިހްސާސް ކުރެވޭ ހޫނުމިން މަތިވެފައި ހުރުން ކަމަށް މިނިސްޓްރީން ބުނެއެވެ. މިހެން ކަމުން ބައެއް ސިއްޙީ މައްސަލަ ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެ މިނިސްޓްރީން ވަނީ މިކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.
މި މަހަކީ އަހަރުގެ ތެރޭގައި ރާއްޖެއަށް އެންމެ ހޫނުގަދަ މަސް. ހޫނުގަދަވާން ދިމާވާ ސަބަބަކީ މި ދުވަސްވަރު ވައި މަޑުވުމާއި، އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނު މިނަށް ވުރެ އިހްސާސް ކުރެވޭ ހޫނުމިން މަތިވުން
— Min. of Environment, Climate Change and Technology (@MoEnvmv) April 22, 2023
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނާގޮތުން މިއަދު ރާއްޖޭގެ އެންމެ ހޫނު ގަދަވީ މާލެ ސަރަހައްދަަށެވެ. އެގޮތުން ހުޅުލޭގެ ފީލްސް ލައިކް ޓެމްޕެރޭޗަރ ނުވަތަ އިހުސާސް ކުރެވޭ ފިނިހޫނުމިން 42.3 ޑިގްރީއަށް އަރާނެ ކަމަށް ވަނީ ހާމަކޮށްފައެވެ. ހުޅުލެއަށް ރެކޯޑު ކުރެވުނު ފިނިހޫނުމިނަކީ 32.5 ޑިގްރީއެވެ. ރާއްޖޭގެ ދެކުނު ފިޔަވައި އެހެން ހުރިހާ ސަރަހައްދަކަށް ވެސް ފިނި ހޫނުމިން ހުރީ މިގޮތަށެވެ. ދެކުނުގެ އިހުސާސް ކުރެވޭ ފިނިހޫނިމިން ހުރީ 39 ޑިގްރީގައެވެ. އެންމެ ހޫނު ގަދަވާނެ ގަޑިއެއް ކަމަށް މެޓް އޮފީހުން ލަފާ ކުރަނީ މެނދުރުފަހު 14:00 ގައެވެ.
ހޫނު ގަދަ ދުވަސްވަރު ސަމާލުކަން ދޭންވީ ކަންކަން
ބޭރުގައި އުޅޭއިރު އަވީގައި ނުވަތަ ހޫނުތަންތަނުގައި މަސައްކަތް ކުރާ ފަރާތްތަކުން ސާމާލުވާން ވާނެއެވެ. އެގޮތުން ކުޑަ ކުދިންނާއި ކަސްރަތު ކުރާ ފަރާތްތަކާއި އުމުރުން ދުވަސްވީ ފަރާތްތަކުގެ އިތުރުން ސެންސިޓިވް ސްކިން ހުންނަ ފަރާތްތަކުންސް ސަމާލުކަން ދޭން ޖެހެއެވެ.
ހޫނު ގަދަވުމުގެ ސަބަބުން ބައެއް ސިއްހީ މައްސަލަތައް ދިމާވެދާނެ. މިކަމުން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާ. ގެއިން ބޭރަށް ނިކުންނަވާއިރުވެސް މި ކަމަށް ސަމާލުކަން ދެއްވައިގެން ނިކުންނަވާ. pic.twitter.com/8xBZMzoo4A
— Min. of Environment, Climate Change and Technology (@MoEnvmv) April 22, 2023
ހެދުން އެޅުމުގައި ތޮފި އެޅުން ރަނގަޅެވެ. ޔޫވީ ފިލްޓަރ ކޮށްދޭ އައިނެއް އެޅުމަކީ ރަނގަޅު ކަމެކެވެ. އަދި ބޭރުގައި އުޅޭއިރު ވީހާވެސް ތުނި އަދި ގަޔަށް ދޫ ހެދުން ބޭނުން ކުރަން އިލްތިމާސް ކުރެއެވެ. މީގެ އިތުރުން ކަރު ނުހިއްކި ނަމަވެސް ގިނައިން ފެން ބުއިމާއި، ގިނަ ވަގުތު އަވީގައި ހޭދަ ކުރާނަމަ އެސްޕީއެފް 15 އަށް ވުރެ މަތީ ސަން ލޯޝަނެއް ބޭނުން ކުރުމަށް އިދާރާތަކުން އިރުޝާދު ދެއެވެ.
މީގެ އިތުރުން މިއީ ހޫނުގަދަ ދުވަސްވަރެއް ކަމުން ކަރަންޓު އިޤްތިޞާދު ކުރުމަށް ސަމާލުކަން ދިނުމަށް، ކަރަންޓުގެ ޙިދުމަތް ދޭ ފަރާތްތަކުން ލަފާދެއެވެ. އެއީ މި ދުވަސްވަރަކީ އާންމުކޮށް ކަރަންޓު ބިލްތައް ބޮޑުވެގެން ދާ ދުވަސްވަރެއް ކަން ސްޓެލްކޯ އަދި ފެނަކައިންވެސް ފާހަގަ ކުރެއެވެ.