ދިވެހި ރާއްޖޭގެ ކުނި މެނޭޖް ކުރުމުގެ ޤާނޫނު އިސްލާހުކޮށް އެންމެ ފަހުން ގެނައި އެއް ބަދަލަކީ ޕްލާސްޓިކް ކޮތަޅުން ފީ ނެގުމެވެ. މިކަން އެއްބަޔަކު ބަލައިގަތީ ތިމާވެށީގެ ރައްކާތެރިކަމަށް ސަރުކާރުން ތަންފީޒު ކުރި މުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ. އަނެއް ބަޔަކު މިކަން ކުރީ ސިޔާސީއެވެ. ވޯޓު ހޯދުމާއި މިކަން ގުޅުވުމާއި، ވިޔަފާރިވެރިންނަށް ވާ އުނދަގުލާއި މީހުންނަށް ވާ އުނދަގުލުގެ ވާހަކައެވެ.
މިއީ ދުނިޔޭގެ ޤައުމެއްގައި ބަޔަކު އަލަށް ކޮށްގެން އުޅޭ ކަމެއް ނޫނެވެ. ރާއްޖެއިން ބޭރަށް ގޮސް އުޅޭއިރު، ބޮޑެތި ޝޮޕިން މޯލްތަކާއި ފިހާރަތަކުން ކޮތަޅަށް ލާރި ނަގައެވެ. ބޭގް ޓެކްސް ތަންފީޒު ބޭރު ޤައުމުތަކުގައި ކޮށްފައިވާ ގޮތަށް ބަލާއިރު ރާއްޖެއަށް ވުރެ ހަރުކަށިކޮށްވެސް އެކަން ތަންފީޒުކޮށްފައިވާ ޤައުމުތައް އެބަތިއްބެވެ. ކޮންމެ ބާވަތެއްގެ ކޮތަޅަކުންވިއަސް ފީ ނަގާ ބައެއް ޤައުމުތައް އެބަ ތިއްބެވެ.
ކޮތަޅު ޓެކްސް ނެގުމުގެ އިސްލާހު ގެނައި ފަހުން އެކަމާއި ދެކޮޅުވެ އެތަށް ވާހަކައެއް ދެކެވިއްޖެއެވެ. އިދިކޮޅު ފަރާތްތަކުން އެކަން ނެގީ ރައްޔިތުންނަށް ކުރި ޖެއްސުމެއް ގޮތުގައެވެ. ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން މިއީ ގެންނަން ޖެހޭ އިސްލާހެއް ގޮތުގައި ބަލައިގަތެވެ. ވިޔަފާރިތަކުން ޖެއްސި މައްސަލަ އަކީ ކޮތަޅު ބޮނޑި އަގު ކުއްލިއަކަށް އުފުލިގެން ދިއުމެވެ.
ކޮތަޅަށް އަގު ނަގަން ފެށީ ކީއްވެ؟
ސަރުކާރުން ޤަބޫލު ކުރާ ގޮތުގައި ކޮތަޅުން ފީއެއް ނަގަން ޖެހެނީ، ޕްލާސްޓިކް ކޮތަޅަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ޕްލާސްޓިކް ކުނި މަދުކޮށް ވެށި ތަޢައްޔަރުވުން ކުޑަ ކުރުމަށެވެ. މިކަމާއި ގުޅޭގޮތުން އެންވައިރޮމެންޓް މިނިސްޓަރ ޝައުނާ ޕްލާސްޓިކް އަކީ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ އެންމެ ބައިބޯ ސަރަހައްދު ކަމަށްވާ މާލޭގައި ދުވާލެއްގެ މައްޗަށް 800 ޓަނުގެ ކުނި އުފެދޭއިރު، މީގެ ތެރެއިން 96 ޓަނަކީ ޕްލާސްޓިކް ކުނި ކަމަށެވެ. މިއީ އަހަރެއްގެ މައްޗަށް 35،040 ޓަނުގެ ޕްލާސްޓިކް ކުނިއެވެ. މިއީ ހަމައެކަނި މާލެ ސަރަހައްދެވެ.
We also have a huge waste problem in Maldives. Greater Male' Area produces 800 tonnes of waste per day — 12% of which is plastics. If we don't start reducing this mountain of garbage, we will need to build another Thilafushi every decade. 3/9 pic.twitter.com/OUxkK8oiGf
— Shauna Aminath 🎈❓ (@anuahsa) April 23, 2023
ޕްލާސްޓިކަކީ އަންދައިފި ނަމަ އެއިން އަރާ ކެމިކަލް ދުމުން ސިއްހަތަށާއި ތިމާވެއްޓަށް ނޭދެވޭ އަސަރު ކުރާ އެއްޗެކެވެ. އަދި އަމިއްލަ ޒާތުގައި 20 އަހަރާއި 500 އަހަރާއި ދެމެދުގެ މުއްދަތެއް ހަލާކުވުމަށް ނަގައެވެ. މީގެ އިތުރުން ރާއްޖޭގެ ފަރުމަތިންނާއި ރަށްތަކުގެ ބަނދަރުމަތިން ފަޅު ތެރެ ބަލާލުމުން ކިހާ ބޮޑު މައްސަލައެއް ކަން ފެންނާނެއެވެ.
މި ހުރިހާ ކަމަކާއި އެކު ސަރުކާރުން ނިންމީ ސިންގަލް ޔޫޒް ޕްލާސްޓިކް ރާއްޖޭގައި ބޭނުން ކުރުން ހުއްޓުމަށެވެ. އެގޮތުން މިތަކެތި ފޭޒް އައުޓް ކުރުމަށް ޕްލޭނެއް 2020 ވަނަ އަހަރު އެކުލަވާލެވި 13 ބާވަތެއް ރާއްޖެ އެތެރެކުރުން 2021 ވަނަ އަހަރު ހުއްޓާލިއެވެ. އެއް އިރެއްގައި އަޅުގަނޑުމެން އާދަވެގެން ގަންނަ ސުޕާރީ ޕެކެޓް ފުޅިއަކަށް ބަދަލުވެ މަޑުމަޑުން އާދަތައް ބަދަލުވާން ފެށިއެވެ. އެއްފަހަރު ބޭނުންކޮށްފައި އުކާ އުލާއި ސަމުސާ އެތެރެކުރުން ހުއްޓުމުން މިހާރު އެނޫން ގޮތްތަށް ރައްޔިތުން ހޯދައިފިއެވެ.
Since then, we have banned the import, production and usage of single use plastic cutlery, styrofoam lunch boxes, cotton buds, supari packets, and the smallest beverage bottles. Banning cutlery was a problem at first, but the market soon responded with alternatives. 5/9 pic.twitter.com/rfBmcYEEHK
— Shauna Aminath 🎈❓ (@anuahsa) April 23, 2023
ޕްލާސްޓިކް ކޮތަޅު އެއްކޮށް މަނާކުރުމުގެ ބަދަލުގައި އަގު ނަގަން ފެށުން
ޕްލާސްޓިކް ކޮތަޅު އެއްކޮށް އެއްފަހަރާ މަނާ ކުރެވެން އޮތެވެ. ނަމަވެސް މިނިސްޓަރ ޝައުނާ ވިދާޅުވީ، އެގޮތަށް ނުނިންމީ ކޮންމެވެސް ވަރަކަށް ޕްލާސްޓިކް ކޮތަޅު ބޭނުން ކުރަން ޖެހޭތީ ކަމަށެވެ. އެހެން ކަމުން ޕްލާސްޓިކް ކޮތަޅުން އަގެއް ނަގަން ނިންމިއެވެ. އަގު ނަގަން ފެށުމާއެކު، ހޯލް ސޭލަރުންނާއި ރީޓެއިލަރުންވެސް އަގު ނަގަން ޖެހުނެވެ. މިއާއެކު ބައެއް ފަހަރު ކޮތަޅަކަށް އާންމު ރައްޔިތު މީހާ 5ރ. ދައްކަން ޖެހިދެއެވެ. އެއީ އެތެރެ ކުރާ މީހާއަތުން ހޯލްސޭލަރު އަދި އެހިސާބުން ރީޓެއިލަރު އަގު ނަގާތީއެވެ.
Following teething problems with the levy on single use plastic shopping bags, @MoEnvmv sent an amendment to the parliament (27 March) to change the law and ensure there is no more double taxation. WAMCO will also provide bin liners (exempt from levy) soon . 1/9 #PlastikaaNulaa
— Shauna Aminath 🎈❓ (@anuahsa) April 23, 2023
ސަރުކާރުން މިމައްސަލާގައި ބުނެފައިވަނީ، މަޖިލީހަށް ޤާނޫނު ޑްރާފްޓް ކޮށްފައި ފޮނުވީ 50 ކޮތަޅު ހިމެނޭ ބޮނޑިއެއް ނަމަ އަގު ނުނެގުމަށެވެ. ނަމަވެސް ޤާނޫނު ފާސްވިއިރު އެ ބައެއް ނެތެވެ. މިހާރު ސަރުކާރުން ދަނީ މަޖިލީސްތެރެއިން އެ ޤާނޫނު އިސްލާހު ކުރަން މަސައްކަތް ކުރަމުންނެވެ.
މިއީ ދިގުމުއްދަތުގައި ސަރުކާރަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމެއް ނޫން!
އިދިކޮޅު ފަރާތްތަކުން މިކަން ސިފަ ކުރީ ރައްޔިތުން ފެލައިގެން ސަރުކާރަށް ލާރި ހޯދަން ކުރި ކަމެއްގެ ގޮތުގައެވެ. ނަމަވެސް މިކަންކޮށްފައިވާ ދުނިޔޭގެ އެހެން ޤައުމުތަކަށް ބެލިއަސް މިއީ ދިގު މުއްދަތެއްގައި ސަރުކާރަށް ބަރޯސާވެވޭނެ އާމްދަނީއެއް ނޫންކަން އެ ޤައުމުތަކުން ސާބިތުކޮށްދެއެވެ. މިކަމާއި ގުޅޭގޮތުން އެމެރިކާ ޗިކާގޯ ޔުނިވާސިޓީން ހެދި ދިރާސާއެއް މިކަމުގެ ހެއްކަކަށް ފުދެއެވެ.
އެޔުނިވާސިޓީގެ ދިރާސާއިން ދައްކާގޮތުން ޗިކާގޯގައި ކޮތަޅުން އަގު ނަގަން ފެށުމުގެ ކުރީން 82 އިންސައްތަ މީހުން ބާޒާރު ކޮތަޅެއް ފިހާރައަށްދާ ކޮންމެ ފަހަރަކު ބޭނުން ކުރެއެވެ. ނަމަވެސް އަގު ނަގަން ފެށުމުން ރީޔުޒަބް ކޮތަޅު ބޭނުން ކުރާ މީހުންގެ އަދަދު އިތުރުވެ، ބާޒާރު ކޮތަޅު ބޭނުން ކުރާ މީހުންގެ އަދަދު 28 އިންސައްތަ މަދުވިއެވެ. އަދި ދެވަނަ ފަހަރު ބޭނުން ކުރެވޭ ފޮތި ކޮތަޅު ފަދަ ތަކެތި ބޭނުން ކުރާ މިންވަރު 16 އިންސައްތަ އިތުރުވެގެން ދިޔައެވެ.
The plastic bag levy is not intended as a source of long-term revenue. As people switch to reusable shopping bags, the revenue raised from plastic bags will fall — hopefully close to zero. This has been true of many other countries that introduced a levy on plastic bags. 7/9
— Shauna Aminath 🎈❓ (@anuahsa) April 23, 2023
މިކަމުން ދޭހަވާ އެއް ކަމަކީ، އަގު ދެއްކުމުގެ ބަދަލުގައި އާންމުން ގިނައިން ބޭނުން ކުރެވޭ ފޮތި ކޮތަޅު ބޭނުން ކުރަން ފަށާލެއް އިތުރުވާ ކަމަވެ. އެހިސާބުން ކޮތަޅުން ލިބޭ އަމްދަނީ ދާނީ ދުވަހަކުން ދުވަހަކަށް ދަށްވަމުންނެވެ. ދަށްވަމުންދާ އާމްދަނީއަކަށް ސަރުކާރުން ބަރޯސާއެއް ނުވެވޭނެއެވެ. މިނިސްޓަރ ޝައުނާގެ އުއްމީދަކީ މި އާމްދަނީ 0 ކަށް ވެއްޓުމެވެ.
ކޮތަޅުގެ ބަދަލުގައި ކުރެވޭނެ ބައެއް ކަންކަން
ކޮތަޅުން އަގު ނަގަން ފެށުމުން ސޯޝަލް މީޑިއާގައި ދެކެވުނު ބައެއް ވާހަކަތައް ބަލާލީމެވެ. އެއް ވާހަކައަކީ މަސް ނުވަތަ ކުކުޅު ފަދަ ތަކެތި ފިހާރައިން ގަތުމަށް ބޭނުން ކުރާ ކޮތަޅުގެ ވާހަކައެވެ. އެތަކެއްޗަކީ މިހާރުވެސް ޤާނޫނުން އިސްތިސްނާވާ ތަކެއްޗެވެ. އަދި ކޮތަޅު ބޮނޑިން އަގު ނުނެގޭ ގޮތަށް އިސްލާހުވުމުން މިކަމަށް އެ ލިބުނީ ހައްލެކެވެ.
ފުށާއި ހަނޑުލާއި ހަކުރު ފަދަ ތަކެއްޗަކީ ކޮތަޅަކަށް ލައިގެން ގެންދިއުން މުހިންމު އެއްޗެއް ނޫނެވެ. އެފަދަ ތަކެތި އެޅުމަށް މީގެ ކުރީންވެސް ދަޅާއި އެކި ޒާތްޒާތުގެ މަތި ޖެހި ތަށިތައް ބޭނުން ކޮށްފައި އެބަހުއްޓެވެ. މިއީ އަހަރުމެންގެ މާޒީގައި ކޮށްފައި ހުރި، އަދި މިހާރުވެސް ކުރަން އުނދަގޫ ކަމެއް ނޫނެވެ.
ކޮންމެ މީހަކުވެސް ގެއަށް ތަކެތި ހަމަކުރަން ފީހަރައަށް ދަނީ ރާވައިގެން ގޭގައި މަދު އެއްޗެއް ބަލާފައެވެ. އެހެން ދާއިރު ފޮތި ކޮތަޅެއް ހިފައިގެން ދިއުމަކީ އުނދަގޫ ކަމެއް ނޫނެވެ. ސައިކަލުގެ މަޑިދަށަށް ލާފައި އޮތުމުން ކުއްލިއަކަށް ވަނަސް ފަސޭހައެވެ. ނޫނީ ގެއިން ގެންދާ އަތް ދަބަސް ތެރެއަސް ފަށްޖަހާފައި ލާފައި ބާއްވާ ލެވިދާނެއެވެ.

ކުނި އެޅުމަށް ކޮތަޅުތަކުގެ ވާހަކަ ދައްކާއިރު ކުންޏަކީ ތިން ބާވަތަކަށް ވަކިކޮށް ބަހައްޓަން ޖެހޭ އެއްޗެކެވެ. ވެމްކޯއިން ވަރަށް އަވަހަށް ބިން ލައިނަރ ކޮތަޅު ދޭނެ ކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވެއެވެ. އެހެން ނޫނަަސް މިހާރުވެސް ކަޅު ޑަސްބިން ކޮތަޅަކީ ޤާނޫނުގެ ތެރެއިން އަގު ނެގޭނެ އެއްޗެއް ނޫނެނެވެ. އޭގެ އެ ބާވަތުގެ ކޮތަޅު ބޭނުން ކުރުމަކީ އާދަ ބަދަލުކޮށްލައިގެން ހައްލު ކުރެވިދާނެ ކަންކަމެވެ.
މީގެ އިތުރުން ދިވެހި ކުދި ވިޔަަފާރިތަކުން މިހާރުވެސް ޓޯޓް ބޭގްތައް ވިއްކައެވެ. ވަރަށް ގިނަ ޒުވާނުން މިކަމުން އާމްދަނީވެސް ހޯދައެވެ. މިއީ މިފަދަ ވިޔަފާރީގެ ތެރޭގައި އުޅޭ ޒުވާނުންނަށް ފަހި ފުރުސަތެކެވެ. މިފަދަ ފޮތި ކޮތަޅުތަށް ވިއްކައިގެން ތިމާވެއްޓާއި ރަށްޓެހި ގޮތަކަށް ދިވެހިންގެ އާދަ ބަދަލު ކުރުމަށް މަސައްކަތް ކުރަން ފަށަންވީއެވެ.