އަންނަ މަހު ޕްރީމިއާ ކުރަން ހަމަޖެހިފައިވާ ފިލްމު "ލޯބިވެވިއްޖެ" ގެ ޓިކެޓް އައްޑޫން ބުކްކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އަލީ ސީޒަން ބަތަލުގެ ރޯލު ކުޅެ، ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ޝޯތައް އައްޑޫގައި ދައްކަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ ރެއިން ފެށިންގެންނެވެ. މަރަދޫ ބޮނޑަގޭގައި ދައްކަން ހަމަޖެހިފައިވާ ޝޯތަކަށް ޓިކެޓް ބޭނުންވާ މީހުންނަށް ޓިކެޓް ބުކްކުރަން ދެ ނަމްބަރެއް ހާއްސަކޮށްފައިވެ އެވެ. އެއީ 9944967 ނުވަތަ 7741141 އެވެ.
"ލޯބިވެވިއްޖެ" އައްޑޫގައި އަޅުވާ ޓީމުން ބުނީ ފިލްމަށް ލިބޭ ތަރުހީބަށް ބަލައިފައި ޝޯތައް އިތުރުކުރަން ވެސް ހަމަޖެހިފައިވާ ކަމަށެވެ.
އަހުމަދު އީސަން (އާނަންދު)، އިރުފާނާ އިބްރާހިމް، އަލީ އާޒިމް (ދޮންއައްޔަ)، އިބްރާހީމް ޝާފިއު (ފުބޫ) އަދި އަހުމަދު ނިމާލު ހިމެނެ އެވެ.
މި ފިލްމު މާލޭގެ އޮލިމްޕަހުގައި ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 3 ވަނަ ދުވަހުގެ ރެ އެވެ.
އައްޑޫގެ އިތުރުން އަންނަ މަހުގެ 4 އިން ފެށިގެން ގދ. ތިނަދު އާއި ހދ. ކުޅުދުއްފުށީގައި ވެސް ފިލްމު އަޅުވަން ހަމަޖެހިފައިވާތި އެ ދެ ރަށުގައި ވެސް ވަނީ ޓިކެޓަށް ހުޅުވާލައިފަ އެވެ.
"ލޯބިވެވިއްޖެ" އަކީ އަހުމަދު ޒަޒީރުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ. އަލީ ޝާނީޒާއި ސީޒަންގެ އަންހެނުން އައިމިނަތު ޝަނާޒް ޕްރޮޑިއުސްކޮށްފައިވާ ފިލްމުގެ ލީޑް ބަތަލާއިންނަކީ މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ އެވެ. މާލެ އާއި ތިނަދު އާއި ސްރީ ލަންކާގައި ވެސް ޝޫޓްކޮށްފައިވާ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު އީސަން (އާނަންދު)، އިރުފާނާ އިބްރާހިމް، އަލީ އާޒިމް (ދޮންއައްޔަ)، އިބްރާހީމް ޝާފިއު (ފުބޫ) އަދި އަހުމަދު ނިމާލު ފަދަ ތަރިން ހިމެނެ އެވެ.
ސީޒަން ޑައިރެކްޓްކޮށް، ކުޅެ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިނީ 2020 ގެ "އަނދިރިކަން" އެވެ.