މި އަހަރުގެ "ކޮރަލް ފެސްޓިވަލް 2023" އައްޑޫގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.
ދަ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް (އެމްސީއައި) އިން އިންތިޒާމުކުރާ މި އިވެންޓް އޮންނާނީ މި މަހުގެ 28-30 އަށް ހިތަދޫގަ އެވެ. ފެސްޓިވަލް ކުރިއަށް ދާނީ މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގެ ހިތަދޫ ކެމްޕަހުގަ އެވެ.
ކޮރަލް ފެސްޓިވަލްގެ މަގުސަދަކީ ރާއްޖޭގެ މުރަކައިގެ ދިރުންތަކުގެ މުހިންމުކަން ދެނެގަތުމާއި އަދި އެ ތަކެތި ރައްކާތެރިކޮށް، ދިވެހިންގެ ހިތުގައި މުރަކައިގެ މުހިންކަން އަންގައި ދިނުމެވެ.
ފެސްޓިވަލުގައި މުރަކައިގެ ތަޖުރިބާކަރުންނާއި، ކަމާގުޅުން ހުރި ރާއްޖޭގެ ޖަމިއްޔާތަކާއި، ސިޔާސީ ލީޑަރުންގެ އިތުރުން މެރިން އީކޯ ސިސްޓަމް އިން ބައިވެރިވުމަށް ހަމަޖެހިފައިވެ އެވެ.
ފެސްޓިވަލުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މުރަކައިގެ ބަގީޗާތައް ދެމެހެއްޓެނެވި ގޮތެއްގައި ރައްކާތެރި ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާ ވެސް ކުރާނެ އެވެ. މީގެ އިތުރުން މިއުޒިކާއި ސަގާފަތާއި، ދެކުނުގެ ކާބޯތަކެތީގެ ސްޓޯލްތަކާއި، ކުޑަކުދިންނަށް ބައިވެރިވެވޭނެ ގޮތަށް، ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ސްޓޯލްތައް ވެސް ފެސްޓިވަލްގެ ތެރޭގައި ހުންނާނެ އެވެ.
"ކޮރަލް ފެސްޓިވަލް 2023" ފަހު ދުވަހު އައްޑޫ ނޭޗަ ޕާކްގައި ށް ސްނޯކްލިން އަށް ދިއުމާއި ހުޅުމީދޫ ނޭޗަ ޕާކް ސަރަހައްދަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވެ އެވެ.
އެންމެ ފަހުން ކޮރަލް ފެސްޓިވަލް ބޭއްވީ 2020 ގައި ކ. ތުލުސްދޫގަ އެވެ.