މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓުން ބާއްވާ ކޮރަލް ފެސްޓިވަލްގައި ގިނަ އާންމުކޮށް ހުޅުވާލައިގެން ބައިވެރިވެވޭ ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް ކޮރަލް އިންސްޓިޓިއުޓުން ހާމަކޮށްފިއެވެ.
އައްޑޫގައި ކޮރަލް ފެސްޓިވަލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 އިން 30 ގެ ނިޔަލަށެވެ. ފެސްޓިވަލް ކުރިއަށް ދާނީ މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގެ ހިތަދޫ ކެމްޕަހުގަ އެވެ. ކޮރަލް ފެސްޓިވަލްގެ މަގުސަދަކީ ރާއްޖޭގެ މުރަކައިގެ ދިރުންތަކުގެ މުހިންމުކަން ދެނެގަތުމާއި އަދި އެ ތަކެތި ރައްކާތެރިކޮށް، ދިވެހިންގެ ހިތުގައި މުރަކައިގެ މުހިންކަން އަންގައި ދިނުމެވެ.
ފެސްޓިވަލުގައި މުރަކައިގެ ތަޖުރިބާކަރުންނާއި، ކަމާގުޅުން ހުރި ރާއްޖޭގެ ޖަމިއްޔާތަކާއި، ސިޔާސީ ލީޑަރުންގެ އިތުރުން މެރިން އީކޯ ސިސްޓަމް އިން ބައިވެރިވުމަށް ހަމަޖެހިފައިވެ އެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާއި، ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އަދި ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ބައިވެރިވަޑައިގަންނަ ވާނެއެވެ. އެގޮތުން ފެސްޓިވަލްގެ ތެރެއިން މިނިސްޓަރ ފައްޔާޒު އަދި ހެލްތު މިނިސްޓަރ ނަސީމްގެ ކީނޯޓް ސްޕީޗެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ސީޝެލްސްސް އެގްރިކަލްޗަރ މިނިސްޓަރވެސް ކީނޯޓް ސްޕީޗެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު މި ދައިރާގެ ފަންނީ ބޭފުޅުންގެ ވާހަކަ ދެއްކުމާއި ޕްރެޒެންޓޭޝަން އަދި ސުވާލާއި ޖަވާބުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ސްކޫލުގެ ކުދިންގެ މެދުގައި ބާއްވާ ބަހުސް މުބާރާތެއް މާދާމާ ޕްރީ އިވެންޓެއްގެ ގޮތުގައި ފަށާނެއެވެ. ބަހުސް އޮންނާނީ އެމްއެންޔޫ ހިތަދޫ ކެމްޕަހުގެ އޮޑިޓޯރިއަމްގައެވެ. ބަހުސް ބަލާލަން ދިއުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ.
Sign ups for Excursions and Workshops at Coral Festival 2023 are now live!
,(☞^o^) ☞ ☆゚.*・。゚
🪸 Limited spots available!🐠 https://t.co/VWntS7cLz0
↗️,.·´¯☆゚.*・。゚☆゚.*・。゚´¯`·.↖️ pic.twitter.com/bv9F7UiEqX— Maldives Coral Institute (@MaldivesCoral) April 22, 2023
ފެސްޓިވަލް ކުރިއަށްދާއިރު އެމްއެންޔޫ ހިތަދޫ ކެމްޕަސް އެތެރޭގައިވެސް ސްޓޯލްތަކެއް ހުންނާނެއެވެ. އަދި ސްޓޯލްތަކުގައި މީގެ އިތުރުން ކެމްޕަސް ކުރިމަތީ އޮތް ހުސްބިމުގައި ސްޓޭޖް މައިގަނޑު ހަރަކާތްތަކެއް އެއްވަގުތަކާއި ކުރިއަށް ގެންދާނެއެވެ.
ކޮރަލް އިންސްޓިއުޓުން ވަނީ މި ހަރަކާތްތަކުގެ އިތުރުން އާންމުންނަށް ބައިވެރިވެވޭ ގޮތަށް ވޯކްޝޮޕްތަކެއް ކުރިއަށް ދާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން 6 ވޯކްޝޮޕެއް ކުރިއަށްދާއިރު މިއީ މައުލޫމާތުން ފުރިގެންވާ އަދި ބައިވެރިވެގެން މަސައްކަތް ކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއްގެ ގޮތުގައި ކޮރަލް އިންސްޓިޓިއުޓުން ބުނެެއެވެ. އަދި އޭގެ އިތުރަށް ނޭޗަރ ޕާކް ޓުއަރ އަދި މީދޫ ޓޫއަރ އެކު ޑައިވް އިވެންޓެއް ހިމެނޭހެން އެކްސްކާޝަން ހަރަކާތްތަކެއް ވެސް ވަނީ ރޭވިފައެވެ.
މި ފެސްޓިވަލްގެ ތެރެއިންދާ ވޯކްޝޮޕް ހަރަކާތްތަކަށް ކުރިއާލާ ރެޖިސްޓަރ ކުރުމަށް މި ހަފްތާގައި ވަނީ ހުޅުވާލާފައެވެ. އަދި ފެސްޓިވަލްގަ މުޅިން ހިލޭ ބައިވެރިވޭނެއެވެ.
ފެސްޓިވަލްގެ ވޯކްޝޮޕް އަދި އެކްސްކާޝަންތަކުގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރުމާއި އިވެންޓް ޝެޑިއުލް ބަލާލެވޭނެއެވެ.