Last Updated: November 27, 13:24
Wednesday, November 27, 2024
ޚަބަރު

ހިޔާ ފްލެޓްތަކުގެ ކުލި 5،300ރ. އަށް ކުޑަކޮށްފި

ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރަން ސަރުކާރުން ނިންމައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ވަނީ ހިޔާ ފްލެޓުތަކުގެ ކުލި 5،300 ރުފިޔާ އަށް ކުޑަކުރަން ނިންމާފަ އެވެ. ނަމަވެސް އެކަން ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެ އެވެ.

މި ބަދަލު ގެންނަން ނިންމީ ސަރުކާރުގެ ކަމާބެހޭ އޮފީސްތަކާއި އާބަންކޯއާއެކު ކުރެވުނު މަޝްވަރާތަކަށް ފަހުކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ޔާ ފްލެޓްތަކުގައި އުޅޭ މީހުން މިހާރު ދައްކަންޖެހެނީ ކުލީގެ ގޮތުގައި މަހަކު 7500ރ. އާއި މެއިންޓަނަންސް ފީ މަހަކު 1000ރ. އާއެކު މަހަކު ޖުމްލަ 8500ރ. އެވެ. މި ކުއްޔަކީ މާ ބޮޑު ޢަދަދެއް ކަމުގައި ހިޔާ ފްލެޓްތަކުގެ އުޅޭ މީހުން އަންނަނީ ބުނަމުންނެވެ.

ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި ހިޔާގައި އުޅޭ 40 ޕަސެންޓަށް ވުރެ އަށް ވުރެ ގިނަ ޔުނިޓްތަކުން ގަވާއިދުން ކުއްޔެއް ނުދައްކަ އެވެ.

ހުޅުމާލޭ ފޭސް 2 ގައި ހިޔާ މަޝްރޫޢުގެ ދަށުން ޖުމްލަ 16 ޓަވަރު ވަނީ ޤާއިމްކޮށްފަ އެވެ. މިއީ 7000 ފްލެޓު ތަރައްޤީ ކުރުމަށް ކުރިއަށް ގެންދެވުނު މަޝްރުޢޫއެކެވެ. ކޮންމެ ޓަވަރެއްގައި 25 ބުރި ހުންނައިރު، މިއީ އެއް ސަރަހައްދެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން އެންމެ ގިނަ މީހުން ރާއްޖޭގައި ދިރިއުޅެމުންދާ ސަރަހައްދުވެސް މެ އެވެ.