Last Updated: October 25, 10:50
Friday, October 25, 2024
މުނިފޫހިފިލުވުން

އަނެއްކާ ވެސް ސަލްމާންގެ "ޝޭރު ޚާން" ގެ ވާހަކަ

ސަލްމާން ޚާން ހިމަނައިގެން އޭނަގެ ކޮއްކޮ ސުހައިލް ޚާން ހަދަން ޕްލޭންކޮށްފައި އޮތް ފިލްމު "ޝޭރު ޚާން" ގެ ވާހަކަ އަނެއްކާ ވެސް ދެކެވެން ފަށައިފި އެވެ.

މި ފިލްމުގެ ފުރަތަމ ދެކެވެން ފެށީ 2012 ގަ އެވެ. އޭރު "ޝޭރު ޚާން" ގެ ޝޫޓިން ފަށަން އުޅޭ ކަމަށް އަޑުއެރި ނަމަވެސް ވަރަށް ގިނަ އަދަދަކަށް ވީއެފްއެކްސް ހިމެނޭ މި ޕްރޮޖެކްޓް ފަހުން ވަނީ މަޑު ޖައްސާލައިފަ އެވެ. ސަބަބަކީ މިއީ ސުހައިލްގެ ޑްރީމް ޕްރޮޖެކްޓަކަށްވެފައި އޭނަ ބޭނުންވާ ފެންވަރުގެ ވީއެފްއެކްސް ހަދަން އެ ދުވަސްވަރު ހުރަސްތަކެއް ހުރުމެވެ.

ނަމަވެސް މިހާރު އަލުން "ޝޭރު ޚާން" ގެ ވާހަކަ ތިލަވެފައި މި ވަނީ މީގެ ސްކްރިޕްޓަށް ބަދަލުތަކެއް ގެނެސް، މިހާރުގެ ޒަމާނީ ޓެކްނޮލޮޖީގައި ބޭނުންވާ ފެންވަރަށް ވީއެފްއެކްސް ވެސް ހެދެން އޮތުމާ ގުޅިގެން ކަމަށް މީޑިއާތަކުންނެވެ. އެހެންވެ ބޮޑު ބަޖެޓަކުން ހަދަން ނިންމާފައިވާ ފިލްމުގެ ޝޫޓިން އަށް ސަލްމާނަށް ވަގުތު ދެވޭނެ އިރަކަށް ސުހައިލް ބަލަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެ އެވެ.

ސަލްމާން މިހާރު ވަނީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމަކަަށް އެއްބަސްވެފަ އެވެ. އެއީ އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރަން އަމާޒު ހިފާފައިވާ ފިލްމަކަށެވެ. އޭގެ ޑައިރެކްޓަރަކީ 2021 ގައި ދަރުމާ އިން ގެނެސްދިން "ޝޭރުޝާ" ގެ ޑައިރެކްޓަރު ވިޝްނޫ ވަަރްދާނެވެ.

ސަލްމާންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ފިތުރު އީދުގައި ރިލީޒްކުރި "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" އެވެ. އަދި އޭނަގެ ކުރިއަށް އޮތް ފިލްމަކީ ނޮވެމްބަރަށް ތާވަލުކޮށްފައި އޮތް "ޓައިގާ 3" އެވެ.

ބޭބެ ސަލްމާނާ އެކީ "ޝޭރު ޚާން" ހަދަން ސުހެއިލް ތައްޔާރީތައްވާ އިރު، އޭނަ ކުރިން ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި ސަލްމާން ކުޅުނު "ހެލޯ ބްރަދާ" އާއި "ޕިޔާރު ކިޔާ ތޯ ޑަރް ނާ ކިޔާ" އަދި "ޖޭ ހޯ" ހިމެނެ އެވެ. ސުހައިލް އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2016 ގެ "ފްރީކީ އަލީ" އެވެ.