Last Updated: September 20, 05:54
Friday, September 20, 2024
ސިއްހަތު

އޮރެންޖް ޕައި

* ބޭނުންވާ ތަކެތި:

1 އޮރެންޖް (މަށާފައި ތުނިކޮށް ފޮތިފޮތިކޮށްފައި)

250 ގްރާމް ފުށް

2/1 ޖޯޑު ބަޓަރު

1 މޭޒުމަތީ ސަމުސާ އޮރެންޖް ޖޫސް

4 މޭޒުމަތީ ސަމުސާ ކާށިހުނި

3 މޭޒުމަތީ ސަމުސާ އޮރެންޖް ޖޭމް

1 ބިސް

5/1 ސައިސަމުސާ ލޮނު

އޮރެންޖު އައިސިންކޮޅެއް

* ތައްޔާރު ކުރާނެ ގޮތް:

HJLK (1)

ފުށާއި ބަޓަރު ބިސް، ޖޫސް އަދި ލޮނު އެއްކޮށްފައި ފުށްގަނޑު ދަމާލެވޭ ވަރަށް މޮޑެލާށެވެ.

ދެން ޓްރޭއެއްގައި ބަޓަރުކޮޅެއް ހާކާފައި މޮޑުނު ފުށްގަނޑު އެއް އިންޗީގެ ބޯމިނަށް ޓްރޭގައި ފަތުރާލާފައި މަތީ ގައި އޮރެންޖް ޖޭމް ހާކާފައި މައްޗަށް ކާށިހުނި ބުރުވާލާށެވެ. ދެން އަވަނުގައި ފިހޭށެވެ.

ޕައި ހިހޫވީމާ މަތީގައި އޮރެންޖްފޮތިތައް އަތުރާލާފައި އޮރެންޖް އައިސިން ބޭގަކަށް އަޅާފައި ކައިރި ފަށް ރީތިކޮށް ޑެކަރޭޓްކޮށްލާށެވެ.