Last Updated: November 30, 09:38
Saturday, November 30, 2024
ޚަބަރު

ސްޓޫޑަންޓް ޖާނަލިޒަމްގެ ސްޕޮންސަރަކަށް ސްޓެލްކޯ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކުރިއަށް ގެންދާ ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމްގެ ގޯލްޑް ސްޕޮންސަރަކަށް ސެޓެލްކޯ ހަމަޖަައްސައިފިއެ ވެ.

އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ސެޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ. އެމްއެމްސީގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަހުމަދު މުސަޠަފާ އެވެ.

އެމްއެމްސީން ކުރިއަށް ގެންދާ ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމަކީ އަލަށް އިންތިހާބުވި ކައުންސިލުން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ސްކޫލް ދަރިވަރުން ނޫސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން އުފައްދައި، އެ ދާއިރާ އަށް ދަރިވަރުން ނެރުމަށް ހިންގާ ޕްރޮގްރާމެކެވެ.

މި އަހަރުގެ ޖެނުއަރީ މަހު ފެށި އެ ޕްރޮގްރާމް މިހާތަނަށް ތިން ސްކޫލެއްގައި ހިންގައި، 70 އަށް ވުރެ ގިނަ ދަރިވަރުން ތަމްރީނުކޮށްފައިވެ އެވެ. އަދި އަންނަ މަހުގެ ތެރޭގައި ހއ. އަދި ހދ. އަތޮޅުގެ ސްކޫލްތަކަށް ޕްރޮގްރާމް ހިންގުމަށް އަންނަނީ ތައްޔާރުވަމުންނެވެ.