މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ނެރުނު ވައިޓް އެލާޓްގެ ވަގުތާއި ސަރަހައްދު މޫސުމާ ބެހޭ އިދާރާ އިން ދިގު ދަންމާލައިފި އެވެ.
ރޭ މެންދަމު 3:00 އިން ފެށިގެން ހެނދުނު 8:00 އާ ހަމައަށް ފ. އަތޮޅުން އައްޑުއާ ހަމައަށް ނެރެފައި އޮތް އެލާޓް މިހާރު ވަނީ ކ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް އިތުރުކޮށް، އެލާޓްގެ ވަގުތު މެންދުރު ފަހު 2:00 އާ ހަމައަށް އިތުރުކޮށްފަ އެވެ.
Alert white for heavy rain and thunderstorms with gusts of 45 mph. pic.twitter.com/dlgftGbE0E
— Maldives Meteorology (@MetMaldives) May 6, 2023
މޫސުމާ ބެހޭ އިދާރާ އިން ބުނީ އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކީ ގުގުރައި ވިލާގަނޑުގައި ގަނޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށެވެ.
މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި، ބައެއް ރަށްރަށުގައި ފެން ބޮޑުވުމުގެ ހާދިސާތައް ވެސް ދަނީ ހިނގަމުންނެވެ. އަދި ވައި ގަދަވުމުގެ ސަބަބުން ބައެއް ރަށްރަށުން ގަސްތައް ވެސް ވެއްޓި، ދަނޑުބިންތަކަށް ވެސް ގެއްލުންވެފައިވެ އެވެ.