ހއ. އިހަވަންދޫ ސްކޫލް މަލްޓި-ޕަރޕަސް ހޯލްގެ މަސައްކަތް ނިމުމާގާތަށް ގޮސްފިއެވެ.
އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ، ހއ. އިހަވަންދޫ ސްކޫލް މަލްޓި-ޕަރޕަސް ހޯލް އިމާރާތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް މިހާރު ނިމުމަކާއި ކައިރިވެފައިވާ ކަމަށެވެ.
އެމްޓީސީސީން ބުނެފައިވަނީ މިހާރު ކުރިއަށްދަނީ ވޭރިއޭޝަންއެއްގެ ގޮތުގައި އިތުރުކުރެވިފައިވާ އިހަވަންދޫ ސްކޫލްގެ އޭ ބްލޮކް އަދި ބީ ބްލޮކް އޯވަރ ހެޑް ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ކަމަށެވެ.