އަމިއްލަ މީސްމީހުންގެ ގޭގެ ފުރާޅުގައި ސޯލާ ހަރުކޮށްގެން އެއިން އުފައްދާ ހަކަތަ ސްޓެލްކޯ އަށް ވިއްކައިގެން އާމްދަނީ ހޯދޭނެ ފުރުސަތެއް ހުޅުވާލައިފި އެވެ.
އެ ކުންފުނިން ކުރިއަށް ގެންދާ "އަވިކަތަ" ޕްރޮގްރާމަކީ ވަކިން ހާއްސަކޮށް ސްޓެލްކޯގެ ކަސްޓަމަރުންނަށް ފަހިވެގެން ދިޔަ ފުރުސަތެކެވެ.
ސްޓެލްކޯގެ "އަވިކަތަ" އަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ސަރުކާރުގެ ނެޓް-ޒީރޯ އަމާޒަށް ވާސިލުވުމަށް ހުޅުވުނު ދޮރެކެވެ.
އަވިކަތަ: ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ސަރުކާރުގެ ނެޓްޒީރޯ އަމާޒަށް ވާސިލްވުމަށް ހުޅުވުނު ދޮރެއް. ކަސްޓަމަރުންގެ ފުރާޅު ކުއްޔަށް ދީގެން ކޮންމެ މަހަކު އާމްދަނީއެއް ހޯދުމުގެ ފަހި ފުރުސަތެއް. އަދި ކުންފުންޏާއި، ކަސްޓަމަރަށްވެސް ތިމާވެށި ހިމާޔަތް ކުރުމުގައި ހިއްސާވެވޭނެ މަގެއް. pic.twitter.com/bcvf9p20SX
— STELCO (@STELCOMALDIVES) May 6, 2023
"ކަސްޓަމަރުންގެ ފުރާޅު ކުއްޔަށް ދީގެން ކޮންމެ މަހަކު އާމްދަނީއެއް ހޯދުމުގެ ފަހި ފުރުސަތެއް. އަދި ކުންފުންޏާއި، ކަސްޓަމަރަށް ވެސް ތިމާވެށި ހިމާޔަތް ކުރުމުގައި ހިއްސާވެވޭނެ މަގެއް." ސްޓެލްކޯ އިން ބުންޏެވެ.
އެގޮތުން ގޭގެ ފުރާޅުގައި ހަރުކުރާ ސޯލާ އިން އުފައްދާ ހަކަތައިން ކޮންމެ މަހަކު ވެސް ކިލޯވޮޓްގެ ކަރަންޓް ސްޓެލްކޯ އަށް 180.60ރ. ހޯދޭނެ އެވެ. މިކަމަށް ޝައުގުވެރިވާ ކަސްޓަމަރުންނަށް ސޯލާ ހަރުކޮށް ދޭނެ އެވެ. އެއީ ކުންފުނީގެ ހަރަދުގަ އެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު 9148800 އާއި 9840044 އިން ހޯދޭނެ އެވެ.