މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީގެ ކެމްޕެއިން މެނޭޖަރަކަށް އެ ޕާޓީގެ ނައިބު ރައީސް މުޙައްމަދު ޢިޔާދު ޙަމީދު ހަމަޖައްސައިފި އެވެ.
ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީން ތާއީދު ކުރުމަށް ހަމަޖެހިފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.
އަދާލަތުން ބުނީ ކެމްޕެއިން މެނޭޖަރަކަށް އިޔާދު އައްޔަނުކުރަން ނިންމީ ރޭ ބޭއްވި އެ ޕާޓީގެ ތިން ވަނަ ދައުރުގެ 23 ވަނަ މަޝްވަރާ ބައްދަލުވުމުގައި ކަމަށެވެ.
އެ ބައްދަލުވުމުގައި ވަނީ ރިޔާސީ ރިޔާސީ ކެމްޕޭނުގައި އިސްވެ މަސައްކަތް ކުރާނެ 13 މެންބަރުންގެ ކޮމިޓީއެއް ވެސް ނަގާފަ އެވެ. އެ ކޮމިޓީގައި ހިމެނެނީ:
– ނައިބު ރައީސް މުހައްމަދު އިޔާދު ހަމީދު
– ނައިބު ރައީސް އަހުމަދު ޝަރީފު
– ނައިބު ރައީސް ޑރ. ނައުޝާދު މުހައްމަދު
– އަމީން އާންމު އަހުމަދު ޝިޔާޒު
– އަމީން އާންމުގެ ނައިބު ޝައިޚު އަބްދުﷲ ރަޝީދު
– އިސްތަރުޖަމާނު އަލީ ނަޒީރު
– ރަޖިސްޓްރާ ޝާފިއު އަލީ
– ހަރަކާތު ކޮމިޓީގެ މުގައްރިރު އާދަމް މުހައްމަދު
– އިގުތިސޯދީ ކޮމިޓީގެ މުގައްރިރު މުހައްމަދު އަލީ
– އުމްރާނީ ތަރައްގީގެ ކޮމިޓީގެ މުގައްރިރު އަލީ ޝަރީފު
– ސްޓްރެޓެޖިކް ޕޮލިސީ ކޮމިޓީގެ މުގައްރިރު ޑރ. އަހުމަދު އިނާޒު
– ގާނޫނީ ކޮމިޓީގެ މުގައްރިރު އިބްރާހިމް ފަޔާޒު
– ތައުލީމު ކޮމިޓީގެ މުގައްރިރު ޝައިޚު މުހައްމަދު ޝިފާން
އަދާލަތުގެ އިތުރުން ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމަށް އެމްޑީއޭ އިން ވެސް ވަނީ ނިންމައިފަ އެވެ.