މޮރިޝަސް އާއި ރާއްޖެއާ ފުށުއަރާ ކަނޑުގެ އިމުގެ މައްސަލައާ ގުޅިގެން އިދިކޮޅު އިއްތިހާދެއް ހަދަން މަޝްވަރާކޮށްފި އެވެ.
މިކަމުގައި އިސްކޮށް ތިބީ ޕީޕީއެމާއި "ފިކުރެއްގެ ދިރުން" ގެ ނަމުގައި މިހާރު އެމްޑީޕީގައި ބަކި ފެކްޝަނެއް ހައްދަވައިގެން އުޅުއްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނެޗެ. އިދިކޮޅު އިއްތިހާދެއް މަޝްވަރާކޮށްފި އެވެ.
މިކަމާ ގުޅޭ ގޮތުން ވަނީ ބައްދަލުމެއް ވެސް ބާއްވައި މަޝްވަރާތަކެއްކޮށްފަ އެވެ. އޭގައި އެހެން ޕާޓީތަކަށް ނިސްބަތްވާ ބައެއް ބޭފުޅުންތަކެއް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލުވާލި މައްސަލައާއި ގުޅިގެން އެކަމާ ދެކޮޅަށް ގުޅިގެންމަސައްކަތް ކުރުމަށް ކުރިއަަށްދާ މަޝްވަރާ ތަކުގެ ތެރެއިން. 09/05/2023 pic.twitter.com/f009atzEQY
— Abdul Raheem Abdulla (@Banafsaa) May 9, 2023
ރޭގެ މަޝްވަރާގައި ބައިވެރިވެފައި ވަނީ ޕީޕީއެމް ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަދި ޕީއެންސީގެ ނައިބު ރައީސް އަބްދުﷲ އަބްދުއް ރަހީމާއި ޕީޕީއެމްގެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ޕީޕީއެމްގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) އާއި "ފިކުރެއްގެ ދިރުން" ގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމާއި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސަލީމް (މާޒް ސަލީމް) ގެ އިތުރުން ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނެވެ.
ރޭގެ ބައްދަލުވުމާ ބެހޭ ގޮތުން ޕީޕީއެމުން ބުނީ އެއީ އިމުގެ މައްސަލައިގައި އެކީގައި މަސައްކަތް ކުރަން އެއްބަސްވި ޕާޓީތަކާ އެކު މަޝްވަރާ ކުރަން އެކުލަވާލި ކޮމެޓީ މެންބަރުންގެ ބައްދަލުވުމެއް ކަމަށެވެ. އަދި މިފަދަ އިތުރު ބައްދަލުވުންތައް ބާއްވައި އިދިކޮޅު އިއްތިހާދެއް އިމުގެ މައްސަލާގައި ރަސްމީކޮށް ވުޖޫދަށް އަންނާނެ ކަމަށް ބުންޏެވެ.