Last Updated: September 20, 05:54
Friday, September 20, 2024
ސިއްހަތު

ނަޓްސް ރައިސް

* ބޭނުންވާ ތަކެތި:

2 ޖޯޑު ބަތް

2/1 ޖޯޑު ކެޝޫނަޓް

1 ފިޔާ (ކޮށާފައި)

2 ހިކިމިރުސް (ކޮށާފައި)

1 ސައި ސަމުސާ ލޮނުމެދު (ޗިސްކޮށްފައި)

1 ސައި ސަމުސާ އިނގުރު (ޗިސްކޮށްފައި)

2/1 ޖޯޑު ހިކި މޭބިސް ކަދުރު

2/1 ޖޯޑު އާމަންޑްސް (ކުދިކޮށް ކޮށާފައި)

ލޮނުކޮޅެއް

ތެޔޮފޮދެއް

* ތައްޔާރު ކުރާނެ ގޮތް:

ބޭނުންވާ ހުރިހާ އެއްޗެއް ތައްޔާރުކޮށްފައި ބެހެއްޓުމަޑް ފަހު، އެންމެ ފުރަތަމަ ތަވާއުނދުން މައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާލާފައި ހޫނުވީމާ ފިޔާ، ކެޖޫނަޓް، ހިކި މޭބިސްކަދުރު، އާމަންޑްސް އަދި ބާކީހުރި ހުރިހާ ބާވަތްތައް އެއްކޮށް އަޅާލާފައި ހަނާވީމާ ބަތްކޮޅު އެއްކޮށްލާށެވެ.