Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

ސްކޫލް ބަސް ތައާރަފު ކުރަން މަޝްވަރާކޮށްފި

މާލޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ބަސް ދަތުރު ފެށުމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން އެމްޓީސީސީއާ އެކީ މަޝްވަރާކޮށްފި އެވެ.

އެ ކުންފުނިން އަންނަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ނަމުގައި މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ބައެއް އެހެން ހިސާބުތަކުގައި ވެސް ބަސް ދަތުރުގެ ހިދުމަތް ދެމުންނެވެ.

މި އަހަރުގެ އޮގަސްޓްގައި ދިރާސީ އާ އަހަރު ފެށުމުގެ ކުރިން، ސްކޫލް ކުދިންނަށް ފަސޭހަވާނެހެން ބަހުގެ ހިދުމަތް ދޭން ބޭނުންވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ނަމަވެސް މިކަމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.