Last Updated: November 26, 13:17
Tuesday, November 26, 2024
މުނިފޫހިފިލުވުން

"ބޭނުން މަގޭ އަންހެން ދަރި ފިލްމް ކުޅެން"

މިހާރު ފުރާވަރަށް އަރާފައިވާ އަންހެން ދަރިފުޅު ސުހާނާ ހާން، ބޮލީވުޑްގެ ބަތަލާއެއްގެ ގޮތުގައި ފެނުމަކީ ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށް މަޝްހޫރު އެކްޓަރު ޝާހްރުކް ހާން ބުނެފި އެވެ.

އޭނާ ބުނީ މިހާރު އުމުރުން 14 އަހަރުގެ ސުހާނާ ވެސް ފިލްމު ކުޅެން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އޭނާ މިހާރު އަންނަނީ ކިޔަވަމުންނެވެ.

suhana_gauri
އެހެންވެ އޭނާ އަށް ކުރިއަށް ދިއުމެއް ވެދެވެން އޮތް ހުރިހާ އެހީތެރި ކަމެއް ދޭނެ ކަމަށް ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ޝާހްރުކް ބުންޏެވެ.

ކަލާޒް ޗެނަލުން މިހާރު ގެނެސްދޭ "ދަ އަނޫޕަމް ކޭރް ޝޯ: ކުޗް ބީ ހޯ ސަކްތާ ހޭ" ގައި ވާހަކަ ދައްކަމުން ޝާހްރުކް ބުނީ އޭނާ އަށް އެކްޓިން އެނގިފައި ހުރި އެއްޗަކާއި އެ ދާއިރާ އިން ލިބިފައި ހުރި ހުރިހާ ތަޖުރިބާއެއް ދަރިފުޅު ސުހާނާ އަށް އަލިފުން ޔާ އަށް ހިއްސާ ކުރާނެ ކަމަށެވެ.

Shahrukh-Khan-with-his-daughter-Suhana-at-Gauri-Khan’s-designer-store-630x485

އެގޮތުން އެކްޓިން އާއި އަމިއްލަ ތަޖުރިބާ އާ ބެހޭ ގޮތން ސުހާނާ އަށް ހާއްސަކޮށްގެން ޝާހްރުކް އަންނަނީ ފޮތެއް ވެސް ލިޔަމުންނެވެ.

އެ ފޮތުގެ ނަމަކީ "ފްރޮމް ޕާޕާ ޓް ސުހާނާ" އެވެ.

suhana-khan1

"އަހަރެންނަށް އެނގިފައި ހުރި ހުރިހާ އެއްޗެއް ސުހާނާ އާ ހިއްސާ ކުރާނަން. އަހަރެން ކޮންމެވެސް ދުވަހަކުން އޭނާ ބޮލީވުޑްގެ ހިރޮއިންގެ ގޮތުގައި ބޮޑު ސްކްރީނުން ފެންނަން. އެއީ ވަރަށް ބޮޑު ހުވަފަނެއް،" ދުނިޔޭގެ ދެވަނަ އަށް އެންމެ މުއްސަނދި އެކްޓަރުގެ ލަގަބު ވެސް ދާދި ފަހުން ހޯދާފައިވާ ޝާހްރުކް ބުންޏެވެ. "ސުހާނާ ވެސް ވަރަށް ބޮޑަށް ޝައުގުވެރިކަން އެބަހުރި ފިލްމް ކުޅެން. އެ ދުވަސް ދެކެން އަހަރެން ބޭނުން."

އެ ޝޯގައި ފިރިހެން ދަރިފުޅު އަރިޔަން ހާން، 17، ފިލްމް ކުޅެން ޝައުގުވެރިވޭތޯ އަނޫޕަމް ސުވާލް ކުރުމުން ޝާހްރުކް ބުނީ އެފަދަ ވާހަކައެއް އޭނާ މިހާތަނަށް ނުދައްކާ ކަމަށެވެ.

އަރިޔަން ހުންނަނީ ކިޔަވަން އިނގިރޭސިވިލާތުގަ އެވެ.

HLKJL

"އެކަަމަކު އޭނާ ވެސް މި ދާއިރާ އަށް ނިކުންނަން ބޭނުންވެއްޖިއްޔާ އެއީ ހަަމަ އޭނާގެ އަމިއްލަ ނިންމުމަކަށް ވާނީ،" ޝާހްރުކް، 48، ބުންޏެވެ.

ސުހާނާ އާއި އަރިޔަންގެ އިތުރުން ޝާހްރުކާއި ގޯރީގެ އިތުރު ކުއްޖަކު ވެސް މިހާރު އޮވެ އެވެ.

އެއީ މިދިޔަ އަހަރު ސަރޮގޭޓްކޮށްގެން ހޯދި އަބްރަމް ހާނެވެ.