މިއަދުގެ ކުރިއަށް އޮތް ވަގުތުތަކުގެ ތެރޭގައި ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ ކަމަށްވާ އައްޑު އާއި ފުވައްމުލަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ ހަވީރު 5:30 އިން ފެށިގެން މިރޭ 11:30 އާ ހަމައަށެވެ، އެ ވަގުތުގެ ތެރޭގައި ދެ ސިޓީ އަށް ވެސް ބޯކޮށް ވާރާ ވެހުމާ އެކީ ގުގުރައި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
Alert white for heavy rain and thunderstorms with gust of 40 mph. pic.twitter.com/mzMDDPdZe0
— Maldives Meteorology (@MetMaldives) May 11, 2023
އައްޑު އަށް މިއަދު ހެނދުނު ވަރަށް ވިއްސާރަކޮށް އޮތް ނަމަވެސް ވާރޭ ވެހެން ފެށީ މެންދުރު ފަހު 3:00 ގެ ފަހުންނެވެ.
އައްޑު އާއި ފުވައްމުލަކަށް މިއަދު ވައިޓް އެލާޓް ނެރެނު އިރު، މި ހަފުތާގެ ކުރީކޮޅު ވެސް ދެ ސިޓީ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ، ގެތަކަށް ވެސް ފެންވަދެ ގެއްލުންތަކެއްވެފައިވެ އެވެ. އަދި ވައި ގަދަވުމުގެ ސަބަބުން ބައެއް ގޭގެ ފުރާޅު އެއްލާލައި ގަސް ވެއްޓި ދަނޑުބިންތަކަށް ވެސް ގެއްލުންތަކެއްވި އެވެ.