އައްޑޫ ހިތަދޫގައި ހަދަން ނިންމާފައިވާ ހޭންޑްބޯލް ކޯޓްގެ މަސައްކަތްކޮށް ދޭނެ ބަޔަކު ހޯދަން ކައުންސިލުން އަލުުން ބީލަމަށް ހުޅުވާލައިފި އެވެ.
މި މަސައްކަތް ފުރަތަމަ ބީލަމަށް ހުޅުވީ މިދިޔަ މާޗް މަހުގެ މަހުގެ މެދުތެރޭގަ އެވެ.
ކައުންސިލުން މިއަދު ބުނީ ހޭންޑްބޯލް ކޯޓް ހަދައިދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 31 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ބީލަމުގައި ބައިވެރިވާން މިއަދުން ފެށިގެން މި މަހުގެ 21 އާ ހަމައަށް ރަޖިސްޓްރީކުރެވޭނެ އެވެ. ރަޖިސްޓްރޭޝަނަށް 300ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.
ރަޖިސްޓްރީވާނީ މި މެއިލް finance@adducity.gov.mv މެދުވެރިކޮށެވެ.
ހިތަދޫގައި ހަދަން ނިންމާފައިވާ ހޭންޑްބޯލް ހަދައިދޭން ޝައުގުވެރިވާ ފަދާތްތަކުން ބީލަން ހުށަހަޅާ އިރު، ބިޑް ސެކިއުރިޓީގެ ގޮތުގައި 25،000ރ. ހުށަހަޅަން ޖެހޭނެ އެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 120 ދުވަހެވެ.
ކައުންސިލުން ބުނި ގޮތުގައި މިކަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ކައުންސިލް އިދާރާގައި އޮންނާނެ އެވެ. އަދި އެ ސެޝަންގައި ބައިވެރި ނުވާ ފަރާތްތަކުގެ ބީލަންތައް ބަލައިނުގަންނާނެ އެވެ.
ހިތަދޫގައި ހޭންޑްބޯލް ކޯޓެއް އަޅަން ނިންމި އިރު، އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން މަރަދޫގައި ވެސް ހޭންޑްބޯލް ކޯޓެއް އަޅަން ނިންމާފައިވެ އެވެ.