Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ތިނަދޫގައި ފެންބޮޑުވާ މައްސަލަ އަށް ހައްލެއް

‎ގދ. ތިނަދޫ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިންމާ ޓެސްޓުކޮށްފި އެވެ.

ސެނޮކް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަތް ނިންމާ ޓެސްޓު ކުރުމާއި ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މި މެއި މަހު 12 އިން 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

‎ތިނަދޫގައި ފެން ހިންދާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓިން، ސެނޮކް ޓްރޭޑް ކޮމްބައިން (ޕްރައިވެޓް) ލިމިޓެޑްއާ ހަވާލުކޮށްގެންނެވެ. މިއީ 16 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

‎އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މި މަޝްރޫޢު އަމަލީ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ އެއް އަހަރުގެ މުއްދަތެއް ނަމަވެސް، ކޮވިޑްގެ ބަލިމަޑުކަމާއި އަދި ތައްޔާރުކުރި ޑިޒައިންއަށް ގެންނަންޖެހުނު ބަދަލުތަކާއެކު ނިންމަން ކަނޑައަޅާފައިވާ މުއްދަތައް މަސައްކަތް ނިންމާލުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވެ އެވެ. އަދި ކުރިމަތިވި ހުރަސްތަކާއެކު ވެސް، މަސައްކަތް މަޑުނުޖެހި އަމަލީ މަސައްކަތް މިހާރު ވަނީ ނިންމާލާފަ އެވެ.

‎މި މަޝްރޫޢުގެ ސަބަބުން ތިނަދޫގެ ރައްޔިތުންނަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި ބޯކޮށް ވާރޭވެހި ރަށުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.