އާބަންކޯ އިން ހުޅުމާލޭގައި ތައާރަފުކޮށްފައިވާ ސްމާޓް ޕާކިން ޖާގަތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އެ ކުންފުނިން ބުނީ ކާރަށް ހާއްސަކޮށްފައިވާ މި ޕާކިން ޖާގަތަކަށް ޝައުގުވެރިވާ ފަރާތްތަކުން ޖާގަ ހޯދަން ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 7 ގެ މެންދުރު ފަހު 2:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަންތައް ހުޅުވުން އޮންނާނީ އެ ދުވަހުގެ މެންދުރު ފަހު 2:30 ގަ އެވެ.
އާބަންކޯ އިން ބުނީ މިކަމާ ބެހޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ހޮޓްލައިން 1516 އިން ލިބޭނެ ކަމަށެވެ.
Smart Parking slots from Fithuroanu open for bid!
Our Fithuroanu smart parking is the first smart parking solution in the Maldives embedded with smart solutions! #MyHulhumalé #urbanco #withurbanco #EnablingConnectedCommunitiesLink: https://t.co/g1TCyNtghU pic.twitter.com/UhatEfPtrl
— Urbanco (@hdcmaldives) May 17, 2023
ހުޅުމާލޭގައި އުޅޭ މީހުންނަށް ހާއްސަކޮށްފެން ސްމާޓް ޕާކިން ގާއިމުކޮށްފައި ވަނީ ފިތުރޯނު މަގު، ފެރީ ޓާމިނަލް ޕާކު ކައިރީގަ އެވެ. އެތަނުން ތިން އަހަރު ދުވަހުގެ މުއްދަތަކަށް ޖުމްލަ 23 ޕާކިން ޖާގަ ކުއްޔަށް ދިނުމަށް ވަނީ ނިންމައިފަ އެވެ.
ސްމާޓްކޮމް ބްރޭންޑުގެ ދަށުން، ޕާކްކުރާ މި ނިޒާމަކީ އެއްވެސް މީހަކާ ނުލައި މުޅި ނިޒާމު އޭގެ ޒާތުގައި އޮޓޯ އިން ހިންގާ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. އެގޮތުން ޕާކްކުރާ ޒޯނަށް ވަންނަ ބޫމް ގޭޓް ކައިރީ ހުރި ކެމެރާ އާއި އުޅަނދު ނަންބަރު ދެނެގަނެ ގޭޓު އަމިއްލައަށް ހުޅުވާނެ އެވެ. މި ކެމެރާ އަކީ އާޓިފިޝަލް އިންޓެލިޖެންސް އޭއައި) އަދި މެޝީން ލާނިން ބޭނުންކުރާ ކެމެރާއެ އެވެ.
މީގެ ސަބަބުން އިންސާނީ މުއާމަލާތަކާ ނުލައި އޮޓޮމެޓިކުން ފަސޭހަކަމާ އެކީ ކާރުތަކަށް ޕާކިން ޒޯނަށް ވަދެ ކުމެ ހެދޭނެ އެވެ. މީގެ އިތުރުން މި ސްމާޓް ޕާކިން ޒޯނުގައި ޕާކުކުރާ އުޅަނދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި 24 ގަޑިއިރު ސީސީޓީވީ ކެމެރާ މެދުވެރިކޮށް މޮނިޓަކުރެވޭނެ އެވެ.