ޕާޓީގެ ސީޔާސީ ކެންޑިޑޭޓާ ދެކޮޅަށް ނުކުންނެވުމާއި ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިހާތަނަށް އެތައް ކަމެއް ހިންގަވާފައިވާތީ އެ މަނިކުފާނަށް ދެން އެ ޕާޓީ އަށް އިތުރަށް ދެއްވޭނެ ގެއްލުމެއް ނެތް ކަމަށް ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ނަޝީދު ހިންގަވާށ "ފިކުރެއްގެ ދިރުން" މިހާރު ސިޔާސީ ޕާޓީއަކަށް ހަދަން ނިންމައި އަދި އެ ފެކްޝަނަށް ނިސްބަތްވާ މަޖީލީހުގެ 12 މެމްބަރަކު ޕާޓީން އިއްުޔެ ވަކިވެވަޑައިގެންފައިވާތީ މިއަދު އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސ ކޮންފަރެންސެއްގައި ފައްޔާޒް ވިދާޅުވީ ނަޝީދަށް އެ ޕާޓީ އަށް ދެވޭނެ އިތުރު ގެއްލުމެއް ނެތް ކަމަށާއި އަދިވެސް ކެތްތެރިކަން އިސްކުރައްވާނެ ކަމަށެވެ.
ނަޝީދު އަދި އެމްޑީޕީން ވަކިވެވަޑައެއް ނުގަންނަވަ އެވެ.
އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައު ހުންނެވި ފައްޔާޒު ވިދާޅުވީ، ނަޝީދު، އުފައްދަވައިގެން އުޅުއްވާ "ފިކުރެއްގެ ދިރު ް" އިން ކެންޑިޑޭޓެއްގެ ގޮތުގައި ވެރިކަމަށް ކުރިމަތިލައްވައިފި ނަމަ، އެކަމުން އެމްޑީޕީ އަށް ވާނީ ފައިދާ ކަމަށެވެ.
އޭނަ ވިދާޅުވީ އެ ފެކްޝަނުން ޕާޓީގެ މެންބަރުން ލައްވައި ފޯމު ފުރާފައި އޮތީ އޮޅުންއަރާ ގޮތަށް ކަމަށާއި، އެކަން މެންބަރުންނަށް މިހާރު ސާފުވަމުން އަންނަ ކަމަށެވެ.
ފަައްޔާޒު ވިދާޅުވީ ނަޝީދުގެ ސަބަބުން ޕާޓީއަށް ގެއްލުންތަކެއް ވިޔަސް އެމަނިކުފާނަށް ފިޔަވަޅު އެޅުމަކީ ދަތިކަމެއް ކަމަށެވެ،
"ރައީސް ނަޝީދާ ދެކޮޅަށް ފިޔަވަޅު އަޅަން ދަތި. އެހެން ބުނާކަށް ޖެހިލުމެއްވެސް ނުވޭ." އޭނަ ވިދާޅުވި އެވެ.
ފައްޔާޒު މިއަދު ވިދާޅުވި ގޮތުގައި އެމްޑީޕީ ތެރޭގަ އިއޮތް ބައިބައިވުން ހައްލުވާން އޮތީ ނަޝީދަށް ޕާޓީގެ ރިޔާސީ ޓިކެޓު ދީގެން ކަމަށެވެ. ނަމަވެސް މެންބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދީފައި އޮތް އެއްޗެއް އަތުނުލެވޭނެ ކަމަށް ވިދާޅުވިއެ ވެ.
"ރައީސް ނަޝީދު އާ ޕާޓީއެއް އުފައްދަވާ ނަމަ ވެރިކަމަށް ކުރިމަތި ލައްވަންވާނެ. ނަމަވެސް އެމްޑީޕީގައި އެ މަނިކުފާނު ހުންނަވާ ނަމަ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ފަހަތްޕުޅަށް އަރަން ވާނެ." ފައްޔާޒް ވިދާޅުވި އެވެ.
ރައީސާ ދެކޮޅަށް ނަޝީދު ނުކުންނެވީ ރިޔާސީ ޕްރައިމަރީގައި ރައީސާ ވާދަކުރައްވައި ބޮޑުތަނުން ބަލިވެވައުގަތުމުންނެވެ.