ފޭސްބުކް ހިންގާ މެޓަ ކުންފުނީގެ ވެރިޔާ މާކް ޒަކަބާގްގެ މިލްކިއްޔާތަށް މި އަހަރުގެ މިހާތަނަށް 44 ބިލިއަން ޑޮލަރު އިތުރުވެފައިވާ ކަމަށް ބްލޫމްބާގް ބިލިއަނާސް އިންޑެކްސްގައި ބުނެފި އެވެ.
އޭގައިވާ ގޮތުން 39 އަހަރުގެ މަހުޖަނު ޖުމްލަ މިލްކިއްޔާތު މިހާރު 89،9 ބިލިއަން ޑޮލަރަށް އަރަ އެވެ. އެމެރިކާގެ ނިއު ޔޯކަށް އުފަން ޒަކަބާގަކީ މިހާރު 12 ވަނަ އަށް އެންމެ މުއްސަނދި މީހާ އެވެ. އޭނަ އަކީ ހާވާޑް ޔުނިވަސިޓީ ތައުލީމު ދޫކޮށްލައި 2004 ގައި ވުޖޫދަށް ގެނައި ފޭސްބުކާ އެކީ މަހުޖަނަކަށްވި މީހެކެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގެ ގޮތުގައި ފޭސްބުކް ހޯދި މަޝްހޫރުކަމާއި ކުރިއެރުންތަކާ އެކީ ޒަކަބާގެ މެޓަ އަކީ މިހާރު ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އެއް ޓެކް ކުންފުންޏެވެ. އޭގެ ދަށުން ހިންގާ އިތުރު ޕްލެޓްފޯމްތަކުގެ ތެރޭގައި އިންސްޓަގްރާމާއި ވަޓްސްއެޕާއި މެސެންޖާ ހިމެނެ އެވެ.
މެޓައިން މިހާރު އަންނަނީ ޓްވިޓާ ކަހަލަ އެޕެއް ވެސް ލޯންޗްކުރަން ތައްޔާރުވަމުންނެވެ.
މިހާރު ދުނިޔޭގެ މުއްސަނދި 10 މީހުންނަށް ބަލާ އިރު އެއް ވަނައިގައި އޮތީ ޓްވިޓާ، ޓެސްލާ އަދި ސްޕޭސް އެކްސްވެރިޔާ އީލޮން މަސްކެވެ. އޭނަގެ މިލްކިއްޔާތު 175.91 ބިލިއަން ޑޮލަރަށް އަރަ އެވެ. ދިހަ ވަނަ އަށް އެންމެ މުއްސަނދި މީހަކީ މިލްކިއްޔާތު 91 ބިލިއަން ޑޮލަރަށް އަރާ އަދި މުވާސަލާތީ ކުންފުނި ޓެލްމެކްސްގެ ވެރިޔާ އެވެ.