އައިސް ކްރީމަކީ ހުރިހާ އެންމެން ވެސް ވަރަށް ގަޔާވާ އެއްޗެކެވެ. އެކަމަކު ޖަޕާނުން އުފައްދާ މި އައިސް ކްރީމަކީ ކޮންމެ ކޮންމެ މީހަކަށް ކެއުމުގެ ނަސީބު ލިބޭނެ އެއްޗެއް ނޫނެވެ. އަމުދުން އާދައިގެ މީހެއްގެ އަތެއް މި އައިސް ކްރީމަކަށް ނުފޯރާނެ އެވެ.
ޖަޕާންގެ މަޝްހޫރު އައިސް ކްރޯމް ބްރޭންޑެއް ކަމަށްވާ "ސެލާޓޯ" އިން އިން ވަނީ އަގުގެ ގޮތުން ރެކޯޑް އައިސް ކްރީމް އުފައްދައިގެން ދުނިޔޭގެ ރެކޯޑް ފޮތުން ވެސް ޖާގަ ހޯދައިފަ އެވެ. "ބިއަކޫޔާ" ގެ ނަން ދީފައިވާ މި އައިސް ކްރީމްގެ އަގަކީ 873،400 ޖަޕަނީސް ޔެން (6،696 ޑޮލަރު) އެވެ. ދިވެހި ރުފިޔާ އިން ބަލާ ނަމަ މިއީ 102180ރ. އެވެ.
Would you eat gold leafed ice cream? https://t.co/zehTnDzzeI
— Guinness World Records (@GWR) May 19, 2023
ސެލާޓޯ އިން ބުނި ގޮތުގައި "ބިއަކޫޔާ" އައިސް ކްރީމް އެހާ އަގުބޮޑު އެއްޗަކަށްވީ އެ ތައްޔާރުކުރަން ބޭނުންކުރާ ބައެއް ތަކެތި ވެސް އެހާ އަގުބޮޑުވުމުންނެވެ. އޭގެ ތެރޭގައި އިޓަލީގެ އަލްބާގައި އުފައްދާ ޓްރަފްލްއެއް ހިމެނެ އެވެ. އެ ޓްރަފްލްގެ އަގަށް ބަލާ އިރު، އޭގެ ކިލޯއެއްގެ އަގަކީ ދެ މިލިއަން ޖަޕަނީސް ޔެން (15،192 ޑޮލަރު) އެވެ.
"ބިއަކޫޔާ" އައިސް ކްރީމް އުފައްދަން ބޭނުންކުރާ ތަކެތީގެ ތެރޭގައި ވަރަށް އަގު ބޮޑު އެހެން ދެ ބާވަތެއް ވެސް ހިމެނޭ ކަމަށް ސެލާޓޯ އިން ބުންޏެވެ. އެހެންވެ މިއީ އަގުގެ ގޮތުންނާއި ރަހައިގެ ގޮތުން ވެސް އާދައިގެ އައިސް ކްރީމެއް ނޫނެވެ.
New record: Most expensive ice cream – JP¥873,400 (£5,469; €6,211; $6,696) made by OMER in Japan.
The ice cream includes edible gold leaf, white truffle and natural cheeses 🍨 pic.twitter.com/kaJOACEear
— Guinness World Records (@GWR) May 18, 2023
މި އައިސް ކްރީމާ ލިބުނު ރެކޯޑާ އެކީ ސެލާޓޯ އިން ބުނީ ބޭނުންވީ ކޮންމެހެން އެންމެ އަގުބޮޑު އައިސް ކްރީމްގެ ރެކޯޑް ހެދުން ނޫން ކަމަށެވެ. ނަމަވެސް "ބިއާޔޫކާ" އަކީ ޖަޕާނާއި ޔޫރަޕްގެ ރަހަ އިންފިއުޒްކޮށްގެން ހިތްގައިމު އައިސް ކްރީމެއް ތައްޔާރުކުރަން ކުރި މަސައްކަތުގެ ނަތީޖާ ކަމަށް ބުންޏެވެ.
މި އައިސް ކްރީމަށް ވުޖޫދަށް ގެނެވުނީ އޭގެ އެކްސްޕެރިމަންޓް ހަދާތާ ދޮޅު އަހަރު ފަހުންނެވެ.
"މިއަށް ވޯލްޑް ރެކޯޑެއް ލިބުމަކީ އަހަރެމެން ކުރި މަސައްކަތަށް އޭގެ އަސްލު ލިބުން ކަހަލަ ކަމެއް." ސެލާޓޯ އިން ބުންޏެވެ.