ގާނޫނުގައި ބުނާ ވަރަށް މެމްބަރުން ހަމަނުވެގެން އެމްއާރްއެމް އުވާލަން ނިންމީ ކޮރަޕްޝަންގެ ނާޖާއީޒު ނުފޫޒުން ކަމަށް އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ވިދާޅުވުމާ ގުޅިގެން މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) އެކަމަށް ފާޑު ވިދާޅުވެއްޖެ އެވެ.
އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީއެއްގައި 3،000 މެމްބަރުން ހަމަނުވާ ނަމަ އެ ޕާޓީއެއް އުވާލުމަކީ ގާނޫނުގައި އޮތް ގޮތް ކަމަށެވެ.
"މިޔަކު އޮތީ ކޮން ކޮރަޕްޝަނެއް؟ ހަމަ ނޭނގުނޭ." މަވޯޓާ ވިދާޅުވި އެވެ.
Party akah ulhe ulhe qanoon ga vaa gothah 3000 members hama nukurevigen party gaanoonuga bayaan kuraa hama thakun uvaalumakee ekan kuran onna goi. Miyaku othee kon corruption eh.? Hama neyguney
— Ibrahim Shareef (@AdduShareef) May 24, 2023
ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްއާރްއެމަކީ ކުރީފެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީ އުވައިލަން އިލެކްޝަން ކޮމިޝަން (އީސީ) އިން އިއްޔެ ނިންމީ މެމްބަރުން ހަމަނުވާކަމުގެ ނޯޓިސް ތަކުރާރުކޮށް ދިނުމަށް ފަހު އެވެ.
މެމްބަރުން ހަމަނުވެގެން އެމްއާރްއެމް އުވާލި އިރު، އެ ޕާޓީގެ އިސް ބޭފުޅުންތަކެއް ވެސް މި މަހުގެ ކުރީކޮޅު ޕާޓީން ވަކިވެވަޑައިގެންފައިވެ އެވެ. އަދި ޕާޓީ އުވުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާ އިރު، އެމްޑީޕީއާ އެކީ ކޯލިޝަން އާކުރަން ދައުވަތު ދިނުމުން އެކަމާ ވެސް އެމްއާރްއެމް ގޮތެއް ނުނިންމައި ލަސްކުރަމުން ދަނިކޮށެވެ.
އެހެންވެ މިހާރު ޕާޓީ އުވާލުމުން ބުނެފައި ވަނީ މަޑަކުން ނުތިބޭނެ ކަމަށާއި ކޯޓަށް ވެސް ދާނެ ކަމަށެވެ.