ކްރިސްޓަލް ޕެލެސް އަށް ކުޅޭ 20 އަހަރުގެ އިނގިރޭސި ވިންގާ ވިލްފްރެޑް ޒާހާ 12 މިލިއަން ޕައުންޑަށް މެންޗެސްޓާ ޔުނައިޓެޑާއި ގުޅުން ވަރަށް އެކަށީގެންވާ ކަމަށް އިނގިރޭސި ނޫހެއް ކަމަށްވާ ޑެއިލީމެއިލް އިން ބުނެފި އެވެ.
އެ ނޫހުގައި އިތުރަށް ބުނެފައި ވަނީ ޔުނައިޓެޑުން ކްރިސްޓަލް ޕެލެސް އާއި ވާހަކަތައް ކުރިއަށް ގެންދާ ކަމަށާއި އަދި ކްރިސްޓަލް
ޕެލެސް އިން މީގެ ކުރީގައި ޒާހާ ވިއްކުމަށް ކަނޑައަޅާފައިވާ 20 މިލިއަން ޕައުނޑްގެ އަގު ތިރިކުރުމަށް އެއްބަސް ވެފައިވާ ކަމަށެވެ.
ޑެއިލީމެއިލް އިން އިތުރަށް ބުނެފައި ވަނީ މި ޑީލް ޔުނައިޓެޑަށް ކާމިޔާބު ވެއްޖެ ނަމަ މި ސީޒަންގެ ނިޔަލަށް ޒާހާ ކްރިސްޓަލް ޕެލެސްގައި މަޑުކުރަން ޔުނައިޑުން އެއްބަސް ވާނެ ކަމަށެވެ.
ވަރަށް ފަހުން ދިން އިންޓަވިއު އެއްގައި ޔުނައިޓެޑްގެ މެނޭޖާ ފާގަސަން ބުނެފައި ވަނީ މި މާކެޓްގައި އާ ކުޅުންތެރިއަކު ގެންނަން ގަސްތު ނުކުރާ ކަމަށެވެ. ނަމަވެސް ރަނގަޅު ކުޅުންތެރިއެއް ފެނިއްޖެނަމަ ޔުނައިޓެޑުން އަބަދުވެސް ޝައުގުވެރި ވާނެ ކަމަށް އޭނާ ބުންޏެވެ.