Last Updated: October 30, 23:25
Wednesday, October 30, 2024
ޚަބަރު

ލަންކާގެ މަސްބޯޓެއް ރާއްޖެއިން އަތުލައިގެންފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ އަވަށްޓެރި ސްރީ ލަންކާގެ މަސްބޯޓެއް ސިފައިން އަތުލައިގެންފި އެވެ.

އެމްއެމްޑީއެފުން ބުނީ ބުދަ ދުވަހު އަތުލައިގަތް "ސަތަސަރާނި 06" ބޯޓް އިއްޔެ މާލެ އަށް ގެންގޮސްފައިވާ ކަމަށެވެ. މި ބޯޓް އަތުލައިގަތީ ވ. އަތޮޅުގެ އިރުން 109 ނޯޓިކަލް މޭލު ބޭރުންނެވެ. އެމްއެންޑީއެފްގެ ކޯސްޓްގާޑް ޝިޕް ޣާޒީން އަތުލައިގަތް ބޯޓްގައި ހަ ފަޅުވެރިން ތިއްބެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަސް މަސްވެރިކަން އެތައް އުޅަނދެއް އަތުލައިގެންފައިވެ އެވެ.