ހަތްދިހައިގެ ތެރޭގައި މުޅި ރާއްޖެ އަށް މަޝްހޫރުވި އައްޑޫ ފުޓްބޯޅަ ޓީމް، ޑީއެންސީ އަށް ކުޅުނު އިބްރާހީމް މަނިކު ނިޔާވެއްޖެ އެވެ.
ބަލިވެއުޅޭތާ ވަރަށް ގިނަ ދުވަސް ފަހުން އުމުރުން 80 އަހަރުގައި އޭނަ މިއަދު ވަގުތެއްގައި މަރުވީ ހުޅުމާލޭގަ އެވެ. މިއަދު ހުކުރު ނަމާދަށް ފަހު އިބްރާހީމް މަނިކުގެ ޖަނާޒާ ވަނީ ބާއްވައިފަ އެވެ.
ފޭދު އަށް އުފަން އިބްރާހީމް މަނިކަކީ އެ އަވަށުން އުފަންވި ޑީއެންސީގެ ފޯވާޑަކަށް، ކުޅުނު ފުޓްބޯޅައިގެ ތެރޭގައި ވަރަށް ގިނަ ދުވަހު އުޅުނު މީހެކެވެ. އޭރު އެ ޓީމަށް ކުޅުނީ ސޯލިހު އަލިދީދީދީ "އައްޑޫ ލައިވް" އަށް މިއަދު ބުނީ އިބްރާހީމް މަނިކަނީ ޑީއެންސީގެ ދެވަނަ ޖީލުގެ ޓީމަށް ވަރަށް ޖޯޝާއި ފޯރީގައި ކުޅުނު ވަރަށް ވަރުގަދަ ފޯވާޑެއް ކަމަށެވެ.
އެ ޓީމަށް ކުޅުނު އެންމެ މަޝްހޫރު އެކަކީ "އުދުހޭ" މުފީދުގެ ނަމުން މަޝްހޫރުވި އަބްދުﷲ މުފީދެވެ. ޑީއެންސީ އަށް ކުޅުނު ކުޅުންތެރިންގެ ތެރޭގައި މިހާރު ދުނިޔޭގައި ތިބި މީހުންގެ ތެރޭގައި މުފީދާއި މުހައްމަދު ލަބީބާއި މުހައްމަދު ސައީދު (މިސްރާބު ސައީދު)، އިބްރާހީމްދީދީ (ޗާޗާ އިބްރާހީމްދީދީ)، އަދި މުހައްމަދު ރަޝީދު (ސަން ލައިޓް) ހިމެނެ އެވެ.
ނޯޓް: ލަބީބާއި އިބްރާހީމްދީދީއާ ބެހޭ ޕްރޮފައިލްތަކެއް މިދިޔަ އަހަރުގެ ފަހިކޮޅު "ގެއްލުނު ހާޒިރީ" ގެ ނަމުގައި "އައްޑޫ ލައިވް" ގައި ގެނެސްދިން ސިލްސިލާ އާޓިލްތަކުގެ ތެރޭގައި ގެނެސް ދީފައިވެ އެވެ.