Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

155 މިސްކިތަކަށް އިޔާދަކުރަނިވި ހަކަތަ

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި 155 މިސްކިތެއްގެ ކަރަންޓް އިޔާދަކުރަނިވި ހަކަތަ އަށް ބަދަލުކުރަން ނިންމައިފި އެވެ.

ފ. ނިލަންދޫގެ ރައްޔިތުންނާ އެކީ މިއަދު ބޭއްވި ބައްދަލުމުވުމުގައި ރައީސް ވިދާޅުވީ އެކަމަށް އެކަމަށް ބޭނުންވާ ބަޖެޓު ވެސް ހަމަޖެހިފައިވާ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި 155 މިސްކިތްގައި ބޭނުންކުރާ ކަރަންޓް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުން އެ ހުރިހާ ރަށެއްގެ މިސްކިތްތަކުގެ ކަރަންޓު ބިލުން 50 ޕަސެންޓް ކުޑަކުރެވޭނެ ކަމަށެވެ.

އަދި މިކަމުގެ ތެރެއިން ހުރިހާ މިސްކިތެއް އޭސީ ކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރާއްޖޭގެ ހުރިހާ މިސްމކިތެއް އޭސީ ކުރުމަކީ މި ސަރުކާރުން ވެފައި އޮތް ވައުދެކެވެ. އަދި މިކަމާ ގުޅޭ ސާވޭއެއް ވެސް މީގެ އިސްލާމިކް މިނިސްޓްރީން ހަދާފައިވެ އެވެ.

މިސްކިތްތަކުގެ ކަރަންޓް ބިލު މިހާރު ބޮޑުވާތީ އޭސީކޮށްފައިވާ މިސްކިތްތަކުގެ އޭސީ ޖެއްސުމުގައި ސަމާލުކަން ދިނުމަށް މި ފަހުން އަންގާފައިވެ އެވެ.

މި ސަރުކާރުން އަންނަނީ އިޔާދަކުރަނަވި ހަކަތަ އަށް ހާއްސަކޮށްގެން ތަފާތު އެކި މަޝްރޫއުތައް ވެސް ހިންގަމުންނެވެ.