Last Updated: April 1, 09:28
Tuesday, April 1, 2025
ޚަބަރު

ތިނަދޫ މަގުތަކުގައި ތާރުއަޅަން ފަށައިފި

ގދ. ތިނަދޫ މަގުތަކުގައި ތާރުއަޅަން ފަށައިފި އެވެ.

ތިނަދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރްޑީސީއާ އެވެ.

ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ ޢަލީ މަނިކާއި، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީގެ އިތުރުން ތިނަދޫ ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި މަޝްރޫޢުގެ ދަށުން ގދ.ތިނަދޫގައި 6.5 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައި، މަގު ބައްތި ޖެހިގެންދާނެ އެވެ.

78 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 450 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.