އައްޑޫން މިހާރު ފެންނަނީ އެތަން ފުރިހަމަ މާނައިގައި ސިޓީއަކަށްވާ ތަން ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
އޭނަ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ އައްޑޫގައި މި ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުގެ ދެވަނަ ދައުރަކަށް ވެސް ވަޑައިގެން ނިންމަވާނެ ކަމަށެވެ.
Addu in mihaaru hurihaa maanaegga ves city akah badhaluvumaa dhimaayah amaazu hifaafa vaathan thasavvaru kurevey. @ibusolih Allah ge heyo rahumaiy fulhaa eku dhevana dhaurakah hovumun kuriyah kuran huri masakkai nimmaaleveyne
— Ibrahim Shareef (@AdduShareef) May 29, 2023
އައްޑޫގައި މި ސަރުކާރުން ކުރިއަށް ގެންދާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި މަގުތައް ހެދުމާއި ބިން ހިއްކުމާއި ބިން ހިއްކައިގެން ރިސޯޓް ހަދަން ރަށްތައް ތަރައްގީކުރުމާއި އެއާޕޯޓް ތަރައްގީ ކުރުމާއި އިސްލާމީ މަރުކަޒެއް ބިނާކުރުމުގެ އިތުރަށް އިންޓަގްރޭޓެޑް ޓޫރިޒަމަށް ހަންކެޑެ ތަރައްގީކުރުން ފަދަ ކަންކަން ހިމެނެ އެވެ.
މިކަންކަމާ ގުޅުވައި މަވޯޓާ ވިދާޅުވީ މިކަންކަމާ އެކީ އައްޑޫގެ އިގުތިސާދު ބާރަށް ހިނގައި ގަންނާނެ ކަންކަން ކަމަށެވެ.
@ibusolih kuravvan fattavaafa huri resort bin hikkaigen binaa kurumaa AirPort zamaanee fenvarakah tharaggee koh nimuneemaa Addu ge iguthisaadhu rayyithun ummeedhu kuraa gothah baarah higaigannaane
— Ibrahim Shareef (@AdduShareef) May 28, 2023
"ރައީސް އައްޑު އަށް ވަޑައިގަތުމުން ވެސް ފެނިގެންދާނީ މީގެ ކުރިން ދުވަހަކު ވެސް ކިޔާފައި ނުވާ ފަދަ ހޫނު މަރުހަބާއެއް އައްޑޫ ރައްޔިތުން ކިޔާ ތަން. އޭނަ ވިދާޅުވި އެވެ.
މަވޯޓާ ވިދާޅުވި ގޮތުގައި ރައީސް ސޯލިހު ގެންދަވަނީ އިންގިލާބީ ތަރައްގީއެއް އައްޑު އަށް ގެނެސްދެއްވަން މަސައްކަތް ކުރައްވަމުންނެވެ.
@ibusolih adduah vadaigathumun ves fenigen dhaane meege kurin dhuvahakuves kiyaafanuvaa varuge hoonu maruhabaa eh @ibusolih ah Addu rayyithun kiyaathan. RIMS dhanee ingilaabee tharaggee eh Addu genes dhevvaa hurihaa maanaegga Cityakah Addu badhalu kurevvumge masakkaiy kuravvamun
— Ibrahim Shareef (@AdduShareef) May 28, 2023
"ރައީސް ގެންދަވަނީ ހުރިހާ މާނައިގައި ސިޓީއަކަށް އައްޑޫ ބަދަލު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން." އޭނަ ވިދާޅުވި އެވެ.
އަންނަ މަހު އައްޑު ރައީސް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެ އެވެ. އެގޮތުން ދަތުރުގައި ގަން އެއާޕޯޓް މަޝްރޫއު އިފުތިތާހިކޮށް ދެއްވާނެ އެވެ. ރައީސް ސޯލިހު އެންމެ ފަހުން އައްޑު އަށް ވަޑައިގެންނެވީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.