ރާއްޖޭގެ ސިޔާސީ ލީޑަރުން ރައްޔިތުންނަށް އެއްވުންތަކަށް ގޮވާލައި ހަމަނުޖެހުން ހިންގައި ތިބެނީ ފިލާ ކަމަށާއި އޭގެ ހުރިހާ ގެއްލުމެއް ލިބެނީ ރައްޔިތުންނަށް ކަމަށް ވިދާޅުވެ، އަދާލަތު ޕާޓީގެ ރައީސް އިދިކޮޅު ފަރާތްތަކަށް ބަހުގެ ހަމަލާއެއް ދެއްވައިފި އެވެ
ރާއްޖޭގެ ކަނޑު ވިއްކައިލި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅަށް އަޑު އުފުލަން މިރޭ މާލޭގައި ބޮޑު އެއްވުމެއް ބާއްވާތީ އެކަމަށް އިޝާރާތް ކުރައްވައި ހޯމް މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައެއް ލީޑަރުންނަކީ އެއްވުންތަކަށް ގޮވާލައި ހަމަނުޖެހުން ހިންގައި ފިލައި ތިބޭ ކަމަށެވެ.
Siyaasee baeh “leaderun” kankuraa gothakee evvunthakahgoss hamanujehun hingaa rayyithunlavvaa gose hadhdhaafa maidhaanun filaigendhiun. Kuvverive adhabu libenee nikamethi rayyithunnah. “Leaderun” thibenee filaa! Kommefikurakah nisbayiviyas evves rayyithaku migothah viyanudhevvaa!
— Imran Abdulla (@ShimranAb) June 2, 2023
"ސިޔާސީ ބައެއް ލީޑަރުން ކަންކުރާ ގޮތަކީ އެއްވުންތަކަށް ގޮސް ހަމަނުޖެހުން ހިންގައި ރައްޔިތުުން ލައްވާ ގޯސް ހައްދާފައ މައިދާނުން ފިލައިގެން ދިއުން. އެހެންވެ ކުށްވެރިވެ އަބަދު ލިބެނީ ނިކަމެތި ރައްޔިތުންނަށް. ލީޑަރުން ތިބެނީ ފިލާ،،" އިމްރާން ވިދާޅުވި އެވެ. "ކޮންމެ ފިކުރަކަށް ނިސްބަތް ވިޔަސް ރައްޔިތަކު މިގޮތަށް ވިޔަ ނުދެއްވާ."
އިމްރާނަކީ ކުރިން އިދިކޮޅުގައި ހުންނެވި އިރު މަގުތަކަށް ނުކުމެ ވަޑައިގެން ސަރުކާރާ ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލި އެއް ސިޔާސ ލީޑަރެވެ.