Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ސޯލާ ހަކަތަ އިން އޮޕަރޭޓްކުރާ އައިސްޕްލާންޓްތަކެއް

ސޯލާ ނުވަތަ އިރުގެ ހަަކަތައިން އުފައްދާ ކަރަންޓް ބޭނުންކުރާ އައިސްޕްލާންޓްތަކެއް ހަދަން ހަވާލުކޮށްފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މި މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައި ވަނީ ހަތަރު ރަށެއްގަ އެވެ. އެއީ
ނ. ލަންދު އާއި ތ. ބުރުންޏާއި ތ. މަޑިފުއްޓާއި އެ އަތޮޅު ވިލުފުށީގަ އެވެ.

މި ކޮމިއުނިޓީ އައިސްޕްލާންޓުތައް ހަދަން ހަވާލުކުރީ ޗައިނާގެ އިންސްޓެކް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޮމްޕެނީ ލިމިޓެޑާ އެވެ.

މިނިސްޓްރީން ބުނީ ސޯލާ ހަކަތައިން އޮޕަރޭޓްކުރާ އައިސްޕްލާންޓްތަކަކީ ރާއްޖެ ކާބަން ނެޓް-ޒީރޯގެ ލަނޑުދަނޑި ޙާޞިލުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، ހިންގޭ މަޝްރޫޢެއް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ލަންދު އާއި މަޑިފުއްޓާއި ވިލުފުށީގައި 30 ޓަނުގެ ސްޓޯރޭޖާ އެކީ 15 ޓަނުގެ އައިސްޕްލާންޓެވެ. އަދިބުރުނީގައި 15 ޓަނުގެ ސްޓޯރޭޖާ އެކީ ހަދާނީ 5 ޓަނުގެ އައިސްޕްލާންޓެކެވެ.

ހަތަރު ރަށުގައި އައިސް ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް 240 ދުވަހުން ނިންމަން ޖެހެ އެވެ. މި މަޝްރޫޢަށް 1.7 މިލިއަން ޑޮލަރު 7 މިލިއަން ރުފިޔާ) ޚަރަދުވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.