މި އަހަރުގެ ކުރީކޮޅު ނިއު ޒީލެންޑްގެ ބޮޑުވަޒީރުކަން ދޫކޮށްލެއްވި ޖަސިންޑާ އާޑެން އަށް ގައުމުގެ މަތީ ޝަރަފެއް އަރުވަން ނިންމައިފި އެވެ.
އެކަމަނާ އަށް އަރުވަން ނިންމީ ނިއު ޒީލެންޑުން ސަރުކާރުން ދެވަނަ އަށް ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ "ޑޭމް ގްރޭންޑް ކޮންޕޭނިއަން" ގެ އެވޯޑެވެ. މިކަން މިއަދު ބޮޑުވަޒީރު ކްރިސް ހިޕްކިންސް އިއުލާންކުރެއްވިި އިރު، އެކި ދާއިރާތަކުން މި އަހަރުގެ ނިއު ޒީލެންޑުން މަތީ ޝަރަފު އަރުވަން ނިންމި ބޭފުޅުންގެ އަދަދު 182 އަށް އަރަ އެވެ.
ޖަސިންޑާ އަށް މަތީ ޝަރަފު އަރުވަން ނިންމި އެ ކަމަނާގެ ބޮޑުވަޒީރުކަމުގެ ދައުރުގައި ކޮވިޑް-19 ގެ ބަލިމަޑުކަން މެނޭޖްކުރައްވަން ކުރެއްވި މަސައްތްތަކާއި ނިއު ޒީލެންޑްގެ މިސްކިތްތަކަކަށް 2019 ގައި ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިހެން އެޅުއްވި ފިޔަވަޅުތަކާއި ވައިޓް އައިލޭންޑްގެ އަލިފާން ފަރުބަދަ ގޮވައި ކުރިމަތިލާން ޖެހުނު ހާދިސާތަކާ ގުޅިގެން ކުރެއްވި އަގުހުރި މަސައްކަތްތަކާ ގުޅިގެންނެވެ.
"ޑޭމް ގްރޭންޑް ކޮމްޕޭނިއަން" ޝަރަފުދޭން ނިންމުމާ ގުޅިގެން ޖަސިންޑާ ވިދާޅުވީ އެކަން ބޮޑު ފަހުރެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
މި އަހަރުގެ ޖެނުއަރީ މަހު ބޮޑުވަޒީރުކަން ދޫކޮށްލެއްވި ޖަސިންޑާ، 42، އެ މަގާމަށް ވަޑައިގެންނެވީ 2017 ގަ އެވެ.