ދުނިޔޭގެ ތިމާވެށި ދުވަހާއި ގުޅުވައިގެން މޯލްޑިވްސް ވޯޓަރ އެންޑް ސިވަރޭޖް ކޮމްޕެނީ އެމްޑަބްލިއުއެސީން "ނަލަވެށި" ސްލޯގަން ދަށުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
"ނަލަ ވެށި" ކެމްޕޭންގެ މަގްސަދަކީ ރައްކާތެރި ކަމާއި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުނި އުކާލުމަށް ހިއްވަރުދީ، ރައްޔިތުން އެކަމަށް ހޭލުންތެރި ކުރުމެވެ. އެމް.ޑަބްލިޔު.އެސް.ސީ އިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ކުންފުނީގެ އޮޕަރޭޝަންތަކުގައި ތިމާވެއްޓާއި ވީހާވެސް ރައްޓެހި ގޮތްތައް ހިޔާރުކޮށް އީޖާދީ ކުންފުންޏަކަށް ވުމަށް ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ތިމާވެށި ދުވަހުގެ މުނާސަބަތުގައި އެމްޑަބްލިއުއެސްސީ ދަނީ ކުންފުނީގެ އޮޕަރޭޝަން ހިނގަމުންދާ މާލެ، ހުޅުމާލެ އަދި ކުޅުދުއްފުށި ސިޓީގައި ހާއްސަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ކުންފުނީގެ އޮޕަރޭޝަން ސެންޓަރުގައި ގަސް އިންދައި ފެހި ކުރުމުގެ ޚާއްސަ ހަރަކާތެއް ހުޅުމާލޭގައި، މިއަދު ހަވީރު ވަނީ ކުރިޔަށް ގެންގޮސްފައެވެ. މި ހަރަކާތް ފައްޓަވައި ދެއްވީ އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހް އަދި އާރބަންކޯގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާތިރް އަބްދުލް ރަހްމާންއެވެ.
#NalaOffice emphasizes on the power of small changes that can nurture a greener and sustainable future.
#EnvironmentDay2023 #NalaVeshi #NalaOffice pic.twitter.com/zfkGIN1NjM— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) June 5, 2023
މީގެ އިތުރުން ހދ.ކުޅުދުއްފުށީގެ ރައްޔިތުންނަށް އަމާޒުކޮށްގެން "ނަލަ ކުޅުދުއްފުށި" ގެ ނަމުގައި 01 ޖޫން އިން 03 ޖޫން އަށް ތިމާވެށްޓާއި މެދުގައި އާންމުން ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ. މިގޮތުން، ކުޅުދުފުށި ސިޓީ ކައުންސިލް އާއި ގުޅިގެން ރަށުގެ ގޮނޑުދޮށާއި ކުނި ގިނަކަމަށް ފާހަގަ ކުރެވޭ ސަރަހައްދުތައް ވަނީ ސާފުކޮށްފައެވެ. މިހަރަކާތުގައި ކުޅުދުއްފުށީގެ 20 އަކަށް ވުރެ ގިނަ އިދާރާ އަދި ޖަމިއްޔާ ޖަމާޢަތްކުން ބައިވެރިވިއިރު ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
To mark this year’s World Environment Day, we hosted #NalaKulhudhuffushi clean up event at Kulhudhuffushi City on 3rd of June 2023. Accumulated waste was collected from key areas of Kulhudhuffushi beach and within the island. pic.twitter.com/XL9lsNUD83
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) June 5, 2023
ހަމަ މިއާއިއެކު، ކުޅުދުއްފުށީގެ ސުކޫލްތަކުގައި ކިޔަވަމުންދާ ތުއްތު ކުދިންނަށް އަމާޒުކޮށްގެން ފެން އިސްރާފު ނުކުރުމަށާއި އަދި ސާފު ބޯފެނާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ސެޝަންތަކެއް ހިންގައި، އަދި "ފެން ފިޔެސްޓާރ" ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ވެސް ވަނީ ބާއްވާފައެވެ.
ހިޔާލު ފާޅުކުރައްވާ