Last Updated: November 24, 11:53
Sunday, November 24, 2024
ވިޔަފާރި

ފޭދޫގައި އޭޓީއެމެއް ބަހައްޓަނީ

ފޭދޫގައި އޭޓީއެމް މެޝިނެއް ބެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ގައުމީ ބޭންކްގެ އިސް އޮފިޝަލަކު ވިދާޅުވީ ފޭދޫގައި އޭޓީއެމްއެއްް ބެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މިވަގުތު އިތުރު ތަފްސީލެއް ހާމަ ކުރެވެން ނެތް ކަމަށެވެ.

"މަސައްކަތް ކުރަމުން މިދަނީ މެޝިނެއް ބަހައްޓަން. މީގެ އިތުރު ތަފްސީލެއް މިވަގުތު ދެވެން ނެތް" އޮފިޝަލް ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭޓީއެމް ބަހައްޓަނީ ފޭދޫ އޮފީސް ހިމެނޭ ސަރަހައްދުގަ އެވެ. މި މެޝިން މިހާރު ވަނީ ފޭދު އަށް ގެނެސްފަ އެވެ.

މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ގިނަ ބަޔަކު މިހާރު ބޭނުން ކުރަމުން އަންނަނީ މަރަދޫފޭދޫ ގައި ހުންނަ ބޭންކް ބްރާންޗާއި ގަމުގެ ވައިގެ ބަނދަރުގެ ޑިޕަޗާ ޓާމިނަލް ބޭރުގައި ބަހައްޓާފައި ހުރި އޭޓީއެމް އެވެ.