Last Updated: December 21, 18:04
Saturday, December 21, 2024
ޚަބަރު

އެއާޕޯޓް މުވައްޒަފުންގެ އުނި ކުރި ފައިސާ ދެނީ

އެއާޕޯޓްގެ ޑިޕާޗާ ޓާމިނަލުގެ ބޭރުގައި ސެކިއުރިޓީންނާއި އިތުރު ބަޔަކު މަޑުކޮށްލައިގެން. ފޮޓޯ/ އައްޑޫ ލައިވް

ސ. ގަން އެއާޕޯޓްގެ މުވައްޒަފުންގެ މުސާރަ އިން އުނި ކުރި ފައިސާގެ ތެރެއިން މިހާތަނަށް ނުލިބި ހުރި ފައިސާ އަންނަ ސެޕްޓެމްބަރު މަހުގެ މުސާރައާއި އެކު ޖަމާކުރެވޭނެ ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އަދި އެސްޓިއޯގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމްގެ ފޭސްބުކް ސްޓޭޓަސްގައި ރާއްޖޭގެ މީޑިއާ "ޓެގް" ކޮށް ބުނެފައިވަނީ 2010 ވަނަ އަހަރު ގަން އެއާޕޯޓް މުވައްޒަފުންގެ ތެރެއިން ސިވިލް ސާވިސް މުވައްޒަފުން އޭއައިއޭގެ ދަށައް ބަދަލު ކުރުމަށްފަހު މުސާރައިން އުނިކުރި 15 ޕަސެންޓްގެ ފައިސާ ޖަމާކޮށްދޭނެ ކަަމަށެވެ.

ގަން އެއާޕޯޓްގެ މުވައްޒަފުންގެ އޭއައިއޭގެ ދަށަށް ބަދަލުކޮށް މުސާރަ އިން، 13 މަހުގެ ފައިސާ 2009 ގައި ވަނީ އުނިކޮށްފައިވެ އެވެ.

ނަމަވެސް އޭގެ ތެރެއިން ހަތަރު މަހުގެ ފައިސާ ވަނީ ފަހުން ވަނީ ދީފަ އެވެ. ބާކީ އަށް މަހުގެ ފައިސާ ލިބުން ލަސްވެ، އެ ފައިސާ ލިބޭތޯ މުވައްޒަފުން ވަނީ އެތައް މަސައްކަތްތަކެއް ކޮށްފައެވެ.

އޭއައިއޭ އިން ޖެނުއަރީ 22، 2012 ގައި ނެރެފައިވާ ނޯޓިހެއްގައި ބުނަނީ 2010 ވަނަ އަހަރު މުވައްޒަފުންގެ މުސާރަ އިން އުނި ކުރި ފައިސާގެ ތެރެއިން މިހާރު ނުދެވި ހުރި މަސްތަކުގެ ފައިސާގެ މައްސަލަ ވަނީ ކުންފުނީގެ ބޯޑަަށް ހުށަހަޅާފައި ކަމަށެވެ. އަދި އެކަމާ ބޯޑުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.