Last Updated: April 21, 17:56
Monday, April 21, 2025
ޚަބަރު

3،000 މީހުން ނުކުމެ ހުޅުމާލެ ސާފުކޮށްފި

ހުޅުމާލެ ސާފު ކުރުމުގެ ހަރަކާތުގެ ތެރެއިން / ފޮޓޯ؛ އާބަންކޯ

ދުނިޔެ މަގޭ ކެމްޕެއިން ދަށުން މިއަދު ހުޅުމާލެ ސާފު ކުރުމަށް އާބަންކޯއިން ކުރިއަށް ގެންދިޔަ ހަރަކާތުގައި 3000 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް ހުޅުމާލެ ބަލަހައްޓާ އާބަންކޯއިން ހާމަކޮށްފިއެވެ.

އާބަންކޯއިން މިއަދު ހެނދުނު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ނައިބް ރައީސް ފައިސަލް ނަސީމްގެ އިތުރުން، ސަރުކާރުގެ ވުޒާރާތަކާއި، ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން ސްކޫލްތަކުން ވަނީ ބައިވެރިވެފައެވެ. މިއަދު ހެނދުނު 7:30 އިން ފެށިގެން 10:30 އާ ހަމައަށް ކުރިއަށް ގެންދިޔަ ސާފު ކުރުމުގެ މި ހަރަކާތަކީ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.


މި އިވެންޓުގައި މީހުން ދިރިއުޅޭ ސަރަހައްދުތައް ސާފުކުރުމަށް ނިންމާފައިވާ މައިގަނޑު ސަބަބަކީ އާންމުންގެ މެދުގައި ޑެންގޫ ފަދަ ބަލިތައް ފެތުރުމާއި، މަދިރި އާލާވުމުގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރަށް ބަލައި އެކަންކަން ހައްލުކުރުން ކަމަށް އާބަންކޯއިން ބުނެއެވެ. އަދި އާންމު ފަރުދުންނަށް އެބަޔަކު ދިރިއުޅޭ ސަރަހައްދުތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ބާރުއެޅުމަކީވެސް އެއް މަޤްސަދު ކަމަށް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

މި ހަރަކާތުގައި މުޅި ހުޅުމާލޭގެ ފޭސް 1 އަދި 2 ހިމެނޭހެން މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދެއް ޖުމްލަ 7 ބަޔަކަށް ބަހާލައި އިވެންޓުގައި ބައިވެރިވި މީހުންގެ މެދުގައި ގްރޫޕްތަކަށް ބަހައިގެން ވަނީ ސާފުކޮށްފައެވެ. ގްރޫޕްތަކަށް ބަހާލައިގެން މި ސަރަހައްދުތައް ސާފު ކުރިއިރު އަދި ކޮންމެ ގްރޫޕަކަށް ވެސް ވަކި ސަރަހައްދެއް އެލޮކޭޓްކުރާއިރު، ފެނާއި، ކުނި އަޅާނެ އަދި ކުނި ކަހާނެ ސާމާނާއި، އަންގި ފަދަ ތަކެތި އެ ސަރަހައްދުތަކުން ގްރޫޕްތަކަށް ވަނީ ފޯރުކޮށްދީފައެވެ.


މިއްޔާތެއް ބާއްވާފައިވާއިރު، އެ ރަސްމިއްޔާތުގެ ތެރޭގައި އަރބަންކޯގެ ފަރާތުން ވަނީ މި ހަރަކާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޚާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ.

މިއީ މިފަދަ ދެވަނަ ހަރަކާތެވެ. މީގެ ކުރިން ވޯލްޑް ކްލީން އަޕްޑޭ ގުޅުވައިގެން ދުނިޔެމަގޭ ބްރޭންޑް ދަށުން ބޭއްވި ސާފު ކުރުމުގެ ހަރަކާތުގައި 1600 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.