ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އަށް މެލޭޝިއާގެ ޔުނިވަސިޓީއެއްގެ އެވޯޑެއް ލިބިއްޖެ އެވެ.
މިއީ އެ ގައުމުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ މެލޭޝިއާގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސްގެ ފަރާތުން ދޭ ތަކްރީމް އެވޯޑެކެވެ. މި އެވޯޑަކީ އެ ޔުނިވަސިޓީގެ އިސްދަރިވަރުންގެ ތެރެއިން ޔުނިވަސިޓީ އަށް، ޤަބޫލު ކުރެވޭ އަދި ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރާ، ދަރިވަރަކަށް ކޮންމެ އަހަރަކު ވެސް ދޭ އެވޯޑެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
2023 ވަނަ އަހަރުގެ ތަކްރީމް އެވޯޑް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއަށް އަރުވައިފި. މިއީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ މެލޭޝިއާގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސްގެ ފަރާތުން ދެއްވާ އެވޯޑެއް. pic.twitter.com/rFk5B0Gtzo
— Ministry of Islamic Affairs (@MVIaffairs) June 10, 2023
ޑރ. ޒާހިރަށް މެލޭޝިޔާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ މެލޭޝިޔާގެ ރެކްޓަ ޕްރޮފެސަރު އެމެރިޓަސް ޓަން ސްރީ ދާތޯ ޒުލްކިފްލީ ބިން އަބްދުލް ރައްޒާކްއާ ވެސް އިއްޔެ ބައްދަލުކުރައްވާފައިވެ އެވެ.