މި ސަރުކާރުން އަމާޒު ހިފާފައި ވަނީ ވަރުގަދަ އިގުތިސާދީ މަރުކަޒަކަށް އައްޑޫ ހަދަން ކަމަށާއި ތަރައްގީގެ މަޝްރޫއުތަކާ އެކީ އެތަން މިހާރު ހިންދެމިލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިއާދު ހަމީދު ވިދާޅުވެއްޖެ އެވެ.
އޭނަ ކުރެއްވި ޓްވީޓްތަކެއްގައި ސަރުކާރުން އައްޑޫގައި ކުރިއަށް ގެންދަން ނިންމާފައިވާ ބައެއް މަޝްރޫއުތައް ފާހަގަކުރައްވައި، މިކަންކަމާ އެކީ އައްޑޫ މިހާރު އޮތީ ހިންދެމިލައިފައި ކަމަށް ވިދާޅުވި އެވެ.
ވަރުގަދަ އިޤްތިޞާދީ މަރުކަޒަކަށް އައްޑޫ ސިޓީ ހެދުން ބާރަށް ކުރިއަށް. 228 ހެކްޓަރުގެ ބިންހިއްކުން. 107 ކިލޯމީޓަރުގެ މަގުހެދުން.އަހަރަކު 1.5 މިލިއަން ފަސިންޖަރުންގެ ކެޕޭސިޓީއަށް އެއަރޕޯޓް ތަރައްޤީކުރުން. 2082 އެނދުގެ ހަންކެޑެ ތަރައްޤީކުރުން. ޖުމްލަ 6 ބިލިއަން ރުފިޔާގެ 200+ މަޝްރޫޢު pic.twitter.com/zoe141EYPi
— Mohamed Iaad Hameed (@iaadMV) June 11, 2023
އިއާދު ވިދާޅުވީ ވަރުގަދަ އިގުތިސާދީ މަރުކަޒަކަށް އައްޑޫ ހެދުން ދަނީ ބާރަށް ކުރިއަށް ކަމަށެވެ. އެގޮތުން 228 ހެކްޓަރުގެ ބިން ހިއްކުމާއި 107 ކިލޯ މީޓަރުގެ މަގުހެދުމާއި އަހަރަކު 1.5 މިލިއަން ފަސިންޖަރުންގެ ކެޕޭސިޓީ އަށް ގަން އެއާޕޯޓް ތަރައްގީކުރުމާއި ހަންކެޑެގައި 2،082 އެނދު އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
އިޔާދު ވިދާޅުވި ގޮތުގައި އައްޑޫގެ މަޝްރޫއުތަކުގެ އަދަދު 200 އިން މަތީގައި އުޅޭ އިރު، މިއީ ޖުމްލަ 6 ބިލިއަން ރުފިޔާގެ މަޝްރޫއެވެ.
7000 ޓުއަރިސްޓް އެނދު އައްޑޫއަށް އިތުރުކުރުން. ހުޅުދޫމީދޫގެ މިފްކޯ ބަނދަރު ނިންމައި، ބްރައިން ފްރީޒިންގ ކެޕޭސިޓީ 100 ޓަނަށް އިތުރުކުރުން.އައްޑޫގެ 1467 ކުދިންނަށް ހިލޭ ޑިގްރީގެ ފުރުޞަތު. ވިޔަފާރިތަކަށް 81 މިލިއަން ރުފިޔާގެ ލުއިލޯނު.
47 އަހަރަށްފަހު އައްޑޫ ހިންދެމިލައިފި#ibu2023
— Mohamed Iaad Hameed (@iaadMV) June 11, 2023
އޭނަ ވިދާޅުވީ އައްޑޫގެ ބެޑް ކެޕޭސިޓީ 7،000 އަށް އިތުރުކޮށް، ހުޅުމީދޫގެ މިފްކޯ ބަނދަރު ނިންމައި، ބްރައިން ފްރީޒިން ކެޕޭސިޓީ ވެސް 100 ޓަނަށް އިތުރުކުރެވޭނެ ކަމަށެވެ. އަދި އައްޑޫގެ 1،467 ކުދިންނަށް ހިލޭ ޑިގްރީގެ ފުރުޞަތު ލިބިފައިވާ ކަމަށާއި ވިޔަފާރިތަކަށް 81 މިލިއަން ރުފިޔާގެ ލުއިލޯނު. ވެސް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
"މިކަންކަމާ އެކީ 47 އަހަރަށް ފަހު އައްޑޫ ހިންދެމިލައިފި." އިއާދު ވިދާޅުވި އެވެ.