ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައ ރާއްޖެ އަށް ތަރައްގީގެ ގޮތުން ބަދަލުތަކެއް އައިސްފައިވާ ކަމަށާއި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓް ދޭ އިރު ވެސް ރައްޔިތުން ވިސްނަންވީ އެކަމާ ކަމަށް ރައްޔިތުމްގެ މަޖިލީހުގެ މަކުނު ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.
އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ތާރީހަށް ބަލާ އިރު، އެއްވެސް ވަރެއް ނުވެ މާޒީވެ ދިޔަ ގިނަ ވެރިކަންތަކާއި ކޮންމެވެސް ވަރެއްވި ކުރެވުނު ވެރިކަންތަކާއި، ވަކިވަކި ދިމާތަކަށް ހާއްސަ ކުރެވިގެން ވެރިން ވެރިކަން ކުރި ޒަމާންތަކެއް ރާއްޖެ ދެކެފި ކަމަށެވެ.
"[އެހެންވީމަ] އަޅާކިޔާލަންވީ އަދި ކުރިއަށް އޮތް ރިޔާސީ އިންތިޙާބުގައި ވޯޓް ދޭ އިރު ވިސްނާލަންވީ މާޒީގައި މި ދެންނެވި ކަންކަމާއި ވެރިކަންކުރި ވެރިންނާއި މިއަދުގެ ރައީސްގެ ވެރިކަމުގައި މުޅި ރާއްޖެ އަށް އަންނަމުން ބަދަލުތަކާ މެދު." އޭނަ ވިދާޅުވޮ އެވެ.
އެއްވެސް ވަރެއްނުވެ މާޒީވެ ދިޔަ ގިނަ ވެރިކަންތަކާއި، ކޮންމެވެސް ވަރެއްވި ކުރެވުނު ވެރިކަންތަކާއި، ވަކިވަކި ދިމާ ތަކަށް ހާއްސަ ކުރެވިގެން ވެރިން ވެރިކަން ކުރި ޒަމާންތަކެއް ރާއްޖޭގެ ދެކެފިއެވެ.
އަޅާ ކިޔާލަންވީ އަދި ކުރިއަށް އޮތް ރިޔާސީ އިންތިޙާބުގައ ވޯޓް… pic.twitter.com/ujAxM4BkFq— Mohamed Raee / Makunudhoo Constituency (@Mraee12) June 13, 2023
ރައީސް ސޯލިހު ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާ އިރު، އެމްޑީޕީން ބުނަމުން އަންނަނީ އެއްބުރުން އިންތިހާބު ކާމިޔާބުކުރާނެ ކަމަށެވެ. އަދި ވެރިކަމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި ރައީސް ސޯލިހު ނޫން މީހަކަށް ވޯޓް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް އެ ޕާޓީން އަންނަނީ ބުނަމުންނެވެ.
އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ސިފަކުރައްވާ ގޮތުގައި "ރާއްޖޭގެ ތަރައްގީގެ ބައްޕަ އަކީ ރައީސް ސޯލިހު" އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ.