Last Updated: April 21, 17:56
Monday, April 21, 2025
ޚަބަރު

އީއައިއޭ ނަހަދައި މުރަކަ އާލާކުރާތީ ޖޫރިމަނާކޮށްފި

އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ނަހަދައި މުރަކަ އާލާކުރުމާ ގުޅޭ މަސައްކަތެއް ފެށުމާ ގުޅިގެން ބަނީ ހޯލްޑިންގްސް ކިޔާ ކުންފުންޏެއް 20،000ރ. އިން ޖޫރިމަނާކޮޑްފި އެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ބުނީ އީއައިއޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި ބ. ކުންފުނަދޫ ސޮނެވާ ފުށި) ގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމުގެ މަސައްކަތް ފެށުމާ ގުޅިގެން އެ މައްސަލަ ބަލައި އެކަނާ ގުޅޭ ގޮތުން އެއްކުރި މަޢުލޫމާތުންނާއި، ދެ ފަރާތް ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތްކުރުމުން އީއައިއޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވާކަން މި އެޖެންސީ އަށް ޔަގީން ކުރެވިފައިވާ ކަމަށެވެ.

އެހެންވެ ބަނީ ހޯލްޑިންގްސް މިދިޔަ ހޯމަ ދުވަހު 20،000ރ. އިން ޖޫރިމަނާކޮށް، 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އީޕީއޭ އިން ވަނީ އަންގައިފަ އެވެ.

އަދި ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި އެ މަސައްކަތްތަކާއި ގުޅިގެން މިހާރު ރަށުގެ ތިމާވެށީގެ ހާލަތު އީއައިއޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ވަޒަންކުރުމަށް ފަހު އެކަމާ ގުޅޭ ރިޕޯޓެއް 30 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ވެސް އަންގާފައި ވާނެ ކަމަށް އީޕީއޭ އިން ބުންޏެވެ.