Last Updated: November 29, 20:04
Friday, November 29, 2024
ޚަބަރު

އެމްޓީސީސީގެ ހިއްސާގެ ފައިދާ ނުބަހާނެ!

ހިއްސާއަކަށް ފައިދާގެ ގޮތުގައި 4ރ. ބަހަން ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅި ހުށަހެޅުން ފާސްކުރަން ނުފެންނަ ކަމަށް ރޭ ބޭއްވި ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފި އެވެ. ހިއްސާދާރުންގެ ވޯޓުން ފާސްކޮށްފި އެވެ.

ކުރުނބާ ރިސޯޓްގައި އޮތް އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފައިދާ ބަހަން ނުފެންނަ ކަމަށް 61 ހިއްސާދާރުން ވޯޓު ދިން އިރު، ފާސްކުރަން ފެންނަ ކަމަށް ވޯޓު ދިނީ 54 ހިއްސާދާރުންނެވެ. އެހެންވެ އެ ނިންމުމާ ގުޅިގެން މިދިޔަ އަހަރު އެމްޓީސީސީ އަށް ލިބުނު ފައިދާއިން ހިއްސާދާރުންނަށް އެއްވެސް އެއްޗެއް ނުލިބޭނެ އެވެ.

ކުންފުނީގެ ރެކްޓަރުންގެ ބޯޑުން ހުށަހެޅީ މިދިޔަ އަހަރު ލިބުނު ފައިދާއިން މޫނުމަތީ އަގު 5ރ. ގެ ހިއްސާއަކަށް ފައިދާގެ ގޮތުގައި 4ރ. ބެހުމަށެވެ. އެމްޓީސީސީގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު 2.47 ބިލިއަން ރުފިޔާ ލިބުނެވެ. އަދި މިއީ ކުންފުނީގެ ތާރީހުގައި ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އަހަރެވެ.

އަދި ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 229.15 މިލިއަން ރުފިޔާ ރެކޯޑު ކުރެވިފައިވެ އެވެ. އެއާ އެކީ ސާފު ފައިދާގެ ގޮތުގައި ލިބުނީ 196 މިލިއަން ރުފިޔާ އެވެ.

ސާޅީސް ދެ އަހަރުވެފައިވާ އެމްޓީސީސީ އަކީ ސަރުކާރުގެ 64.20 ޕަސެންޓް ހިއްސާ އާއި މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންސްއެލް) ގެ 4.65 ޕަސެންޓްގެ ހިއްސާގެ އިތުރުން އާންމުންގެ 31.15 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ.